އެމް.ޑީ.ޕީގެ ކެމްޕެއިން ޓީމުގެ ބޭފުޅުން އއ.މަތިވެރީގައި ދޮރުންދޮރަށް ޒިޔާރަތް ކުރަމުން އެބަދޭ

ފަހަލަ ސަޢިދު

އެމްޑީޕީގެ ކެމްޕެއިންޓީމުގެ ބޭފުޅުން އއ.މަތިވެރި އަށް ޒިޠާރަތް ކުރައްވާ ދޮރުންދޮރަށް ހިންގަވަމުން އެބަދާކަމަށް އެޓީމުގެ ފަރާތުން ހާމަކޮށްފިއެވެ. 15 ބޭފުޅުން ހިމެނޭ މި ޓީމުން ޚަބަރުދީފައިވާ ގޮތުގައި މިކެމްޕޭނަކީ އެމްޑީޕީއާ ރައްޔިތުން ޙަވާލުކުރެއްވި ސަރުކާރުގެ މެނިފެސްޓޯތަންފީޒް ވަމުންދާގޮތުގެ މައުލޫމާތު ރައްޔިތުންނަށްދީ އެމްޑިޕީގެ އައު މެނިފެސްޓޯ ތައްޔާރު ކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމާ ރައްޔިތުންގެ ޝުޢޫރާ ވިންދު ހުރިނެތްގޮތް ދެނެގަނެ އޯގާވެރި ވެރިކަމެއްގެ ތެރޭ ރައްޔިތުންގެ ބައިވެރިވުން ހިމެނިފައިވާ މިންވަރު ރައްޔިތުންނާ ޙިއްޞާކުރުމަށް ހިންގޭ އެއްދުވަހުގެ ކެމްޕޭނެކެވެ.

މިއަދު ހެނދުނު 9 ން، ހަވީރު 4 ކަށް، ހިންގާ ދޮރުން ދޮރަށް ހިނގުމުގެ ޙަރަކާތުގެ ސަބަބުން ރައްޔިތުން އިތުރަށް ބޭނުންވާކަންތައްތަކާ ސަރުކާރާމެދު ރައްޔިތުން ދެކޭގޮތް އެނގިގެން ދާނެއެވެ. އަދި ކެމްޕެއިންޓީމުގެ މިދަތުރުގައި މެންބަރަކު މެންބަރެއް މިތީމުގެ މަގުޞަދު ޙާޞިލްކުރުމުގެ މަސައްކަތްވެސް ކުރިއަށް އެބަދާކަމަށް ޓީމުން ބުނެފައިވެއެވެ.