އަންނައަހަރުގެ ބަޖެޓުގައި ރައްޔިތުންނަށް ލޯނުގެ ފުރުޞައްތައް ފަހިކޮށްދިނުމަށް 1.5 ބިލިއަންރުފިޔާ ހިމެނިފައިވޭ. ކާނަލް

ފަހަލަ ސަޢީދު

membarakumembareh021211-601

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށްޓަކާ އަންނަ އަހަރުގެ ބަޖެޓްގައި 1.5 ބިލިއަން ރުފިޔާ ހިމަނާފައި ވާނެކަމުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރ މުޙައްމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެންވިދާޅުވީ “މެންބަރަކު މެންބަރެއް” އެމްޑީޕީގެ މިޝިޢާރު ލޯންޗުކުރުމަށްޓަކާ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި އިއްޔެރޭބޭއްވި ޚާއްޞަޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުންނެވެ. ކާނަލް ވިދާޅުވީ ގައުމެއް ކުރިއަރާ ދަނީ ފުރިހަމަ ޞިއްހަތަކާ ފުރިހަމަ ތަޢުލީމު އެގައުމެއްގެ ރައްޔިތުން ނަށް ލިބިގެންކަމަށާ އަންނައަހަރުގެ ބަޖެޓުގައި އެންމެބޮޑު އިސްކަމެއް ދެވިފައިވަނީ ޞިއްޙަތަށާ ތަޢުލީމަށް ކަމުގައެވެ. ރާއްޖޭގައި ވަޒީފާ އަދާނުކުރާ ގިނަޢަދަދެއްގެ ޒުވާނުން ތިބެންޖެހިފައިވާ ސަބަބުގެ މައްޗަށް އަލިއަޅުވާ ލައްވަމުން ކާނަލް ވިދާޅުވީ ސަރުކާރުން އެންމެ އިސް.ކަމެއް މިފަހަރު ދެއްވާނީ ވަޒީފާގެ ފުރުޞަތުން މަޙުރޫމު ވެފައިތިބި ޒުވާނުން ނަށް ހުނަރާ ތަމްރީނު ދީގެން ވަޒީފާގެ ބާޒާރުން އެފަދަ ޒުވާނުންނަށް ފުރުޞަތުތައް ހޯދައި ދިނުމަށް ކަމަށާ ހުނަރު ޕްރޮގްރާމަކީ އެކަމަށްޓަކާ ސަރުކާރުން ހިންގަވާ ވަރަށް ބޭނުންތެރި ޕްރޮގްރާމެއްކަމުގައެވެ.

މިރާއްޖެ ދަތުރު ކުރަމުންމިދަނީ ރަނގަޅު މިސްރާބަށްކަމަށާ ސަރުކާރުގެ އިގްތިޞާދީ ޕްރޮގްރާމާ އަދި ގައުމުގައި ހުރި ރިސޯސްތަކުގެ ބޭނުން ކުރާނޭ ވިސްނުމާ ހުނަރާ ގާބިލްކަން މިސަރުކާރުގައި އެބަހުރިކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އިއްޔެރޭގެ ޖަލްސާގައި މިހިނދު ރާއްޖޭގެ ޖުޑީޝަރީއޮތްގޮތުގެ މައްޗަށްވެސް ކާނަލް އަލިއަޅުވާލެއްވިއެވެ. މިމޭރުމުން ވާހަކަދައްކަވަމުން ކާނަލް ވިދާޅުވީ ފަނޑިޔާރުންގެ ޝަރީޢަތް ފަނޑިޔާރު އަމިއްލައަށް ކުރާހިސާބަށް ދިއުމުން އެނިޒާމު ރަނގަޅު ނޫންކަން ރައްޔިތުންނަށް އެނގޭކަމަށާ ރައްޔިތުން 3 ބާރު ވަކިކުރި މަގްޞަދު ޙާޞިލްވަމުން ނުދާކަމުގައެވެ. ކަންމިހެން ހުރުމާއެކު ރާއްޖޭގައި ޢަދުލު އިންޞާފް ގާއިމްކުރުމަށްޓަކާ އެމްޑީޕީ އިންތައްޔާރުވަމުންދާ ކަން އެމަނީކުފާނުފާހަކުރެއްވިއެވެ.