17ވަނަ ސާކުސަމިޓު ބޭއްވީ ދިވެހި ރާއްޖޭގައެވެ.

ފުނަމާ

ecc

މިހާރުދެން ކިޔާނެ އެހެން އެއްޗެއް ނޭނގިގެން ކުރާނެ އެހެންކަމެއް ނެތިގެން އިދިކޮޅު ފަރާތްތަކުގެ މަސްލަހަތުގައި މުޑިވިއްދައި ދެމުން ގެންދާ ޓީވީ ޗެނަލުތަކުން ގޮވައި ނަގަނީ ފޯއްމުލަކުގައި ސާކުސަމިޓު ނުބާއްވައިގެން ފުއައްމުލަކުގެ ހުރިހައި ރައްޔިތުން ހިންހަމަ ނުޖެހިގެން އަތިރިމަތީގައި ތިބިވާހަކައެވެ.
17 ވަނަ ސާކުސަމިޓު މިފަހަރު ބޭއްވީ ދިވެހިރާއްޖޭގައެވެ. ސަމިޓުގެ އެންމެ މުހިންމު އިވެންޓު ކަމުގައިވާ ވެރީންގެ ބައްދަލުވުންތައް ނުވަތަ ރަސްމީ ޖަލްސާ ބޭއްވީ މުޅީން އަލަށް މިސަރުކާރުން ރާއްޖޭގައި އުފައްދައި ތަރައްގީކުރި އައްޑޫ ސިޓީގައި އެކަމަށް ތައްޔާރުކުރި އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރުގައެވެ. އެ ކޮންވެންޝަން ސެންޓަރަކީ މިއަދު އައްޑޫ ސިޓީގެ ފަޚުރެއް ކަމުގައި ވީފަދައިން މުޅިރާއްޖޭގެ ރައްޔިތުންގެ ނަޒަރުވެސް އެތަނަކަށް ހުއްޓިފައިވާ ފަޚުރުވެރި ބިނާއަކަށެވެ. ” މުޅި ތަޅުންގަނޑު ފުނޑު، ފުނޑުވެ ހަތަރުފާރު ކަނޑައިގެންގޮސް ބިމުއަޑިއަށް ގަނބައިގެންފައި ” އިދިކޮޅު މީހުންނަށް ފެންނާންނެތް މިކޮންވެންޝަން ސެންޓަރު ހަމައެކަނި ފެންނަނީ މިގައުމުގައި ދެލޯސަލާމަތުން ތިބިމީހުންނަށެވެ.
ސާކުސަމިޓާ ގުޅިގެން ކުރެވުނު މަސައްކަތް ތަކުގެ ތެރޭގައި އައްޑޫސިޓީގެ އިތުރުން ފުއައްމުލަކުގެ ތަފާތު އެކިއެކި ހަރަކާތްތަކާއި ތަރައްގީގެ މުހިންމު މަސައްކަތްތައް އެވަނީ ކުރެވިފައެވެ. ވިހި، ފަނަރަ އަހަރުވަންދެން ފޯއައްމުލަކުގައި މިއަޅަނީ މިއަޅަނީގައި ކުރީ ސަރުކާރުން ވާވެއްދި އެއަރޕޯޓު ރައީސް ނަޝީދު އެރަށުގެ މަތީން ވަޑައިގެންނެވިތާ އެންމެ ދެތިންމަސްދުވަހުގެ ތެރޭގައި ދުވަސްފުރައި ވިހައިފިއެވެ. ބައިނަލް އަގުވާމީ ފެންވަރުގެ ކުރިކެޓް ސްޓޭޑިއަމްއެއް އަޅައި ނިންމާލައިފިއެވެ. ކަމެއް ކޮށްދިނުމަކީ ކިހާވަރެއް ކޮށްދިނީމައި ވާކަމެއްކަން އޮޅި އައްޑޫ ސިޓީއާއި ފުއައްމުލަކުގެ ރައްޔިތުން ހިނިތުންވެފައި އެތިބަ މަންޒަރު ބައެއްގެ ލޮލަށް ފެނިގެން ދުނިޔޭން މޮޔަވެ ދެތިން މޮޔައިން ނެރެގެން ބޭރުގެ އެކުވެރި އިސްލާމީ ގައުމަކުން ބެހެއްޓި މޮނިއުމެންޓެއް ވަށްޓާލިހެން ސާކުގައުމުތަކުގެ ވެރީން ފުޓުބޯޅައެއްހެން ކުޅޭން އިދިކޮޅު މީހުންނަށް ނުދިނީތީވެ މިއަދު އެއުޅެނީ އަބަހައްދަވެގެންކަން އެބަ އެނގެއެވެ. ވާނީވެސް އެހެންތާއެވެ. ކޮރުޑިމޮކްރަސީ ދައްކާން ކުރާންއުޅުނު އެއްކަމެއްވެސް ފެންހިފާ ގޮތަކަށް ނުކުރެވުނެވެ. އިބުރާހީމް ނާސިރު އެއަރޕޯޓަށް ދޭންރޭވި ޓެރަރިސްޓު ހަމަލާވެސް ދިޔައީ ފަނުފުލުންނެވެ. ފާރުބުޑުގައި ތިބެގެން ” ހައިހައި ” ގޮވަގޮވާ އަޑުކުރެހި ، ރޭރުވެ ، ކޮށްގެންއުޅުނު މޭކަޕު ފިލައިދިޔައިރު މިއިން އެއްޗެއްގެ މޫނުގެ ސިފަ ހުތުރު ކަމުން ބަލާލަންވެސް ނުކެރޭ ވިއްޔާއެވެ.
އިދިކޮޅުވެގެން އުޅުނެއްކަމަކު މިވަރުދެން ފުކެއް ބޮޑެވެ. އެބުނާ ޗެނަލަކުން އެކިޔާ ދެކޮޅުނުޖެހޭ ، ދެއުޅިއެއްނުވާ ހާސާރުތައް ކިޔަންއަރައި އެތިބޭ ޅަކުދީންކޮޅުވެސް އެތިބެނީ ހަމަ ރަކިވެފައެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ ބައެއްމީހުން ” ހަށިވިއްކައިގެންވެސް ” ލާރިހޯދައި އުޅެންޏާއެވެ. އަތާ އަނގަޔާ ދިމާވާނީ ކޮންމެވެސް މަސައްކަތެއް ކޮށްގެން އުޖޫރަ ލިބެންޏާ ވިއްޔާއެވެ. އެކަމަކު ހަމަ ލަދެއް ހަޔާތެއްގެ ކަންފުޅެއްވެސް ނެތަތީ ހިތާމަކުރަމެވެ.
ﷲގެ މިންވަރުފުޅާ ، އިރާދަފުޅުން އެތައްކަމެއް އެއްފަހަރާ އެވަނީ ކޮށް ނިންމާލުމުގެ ހެޔޮތައުފީގު މިސަރުކާރަށް ދެއްވާފައެވެ. ވާނީވެސް އެހެންތާއެވެ. މިންވަރަށް އީމާންވުމަކީ ކޮބައިކަންވެސް އަމުދުން ނޭނގޭ ސޮހޮލުތަކެއްގެ ކިބައިން ވެރިކަން ފިރާލައްވައި މިއަދުގެ އަހަރެމެންގެ ރައީސް ނަޝީދަށް ވެރިކަން ދެއްވީވެސް ﷲ ސުބުހާނަހޫ ވަތައާލާކަން އަހަރެމެންނަށް އެނގުނެއް ކަމަކު ހަސަދައިން ހިތްކަޅިވެ ، ގަމާރުވެފައި ތިބި ބަޔަކަށް އެކަމެއް ނޭނގޭނެ ތާއެވެ. އެއްވެސް ކަމަކީ މަތިވެރި އިލާހުގެ މަދަދާއި އެހީތެރިކަމާ އިންސާނުންގެ އިޚުލާސްތެރި ބުރަމަސައްކަތުން މެނުވީ ކާމިޔާބުވާނެ ކަންކަން ނޫންކަން އެނގި މިސަރުކާރުން އެކުރަމުން ގެންދާ މިންނެތް މަސައްކަތާއި ތާރީފު ހައްގު ޖިހާދަށް އެންމެހައި ކަތުން ތާރީފުކޮށް ސަނާކިޔާ އަޑު ގަދަވަމުން ދާއިރު އިދިކޮޅު މީހުންވެސް ދެންހަމަ ލެއްވުނުހާ އަޑެއް ލައްވާނެ ތާއެވެ. އެކަމަކު މިހާރުވެސް އެތިބިހެން ފުޅަށް ބުޑުގައި ސޮނިވެއްޓި ނާބަޖަހަޖަހައި ތިބުންނޫން ކަމެއް އެމީހުންނަށް އަދިހަމަ ކުރެވޭނެ ކަމަކަށް ނުފެނެއެވެ. އެބުނާ ވެރިކަން ވަށްޓާލާ ތިންމަސް ނިމި ދައުރުވެސް ދެބައި ވެއްޖެއެވެ. ހުސްދޮގު ލިޔުނު މީހާގެ އަގެއްނެތް ދުލުން ވިހި ފަންސަވީސް އިންސައްތައިގެ ވައުދު ފުއްދައިފި ކަމުގައި ބުނުމުން މިހާރުދެން މިސަރުކާރުގެ ހުރިހައި ވައުދެއް ފުށްދި ނިމިއްޖެ ކަމުގެ ހިންހަމަ ޖެހުން އަހަރެމެންނަށް ލިބިއްޖެއެވެ. ކުރީން އެއްކަމެއް ނުކުރެވެޔޭ ނުކުރެވޭނެޔޭ ގޮވި ބަޔަކަށް ކަމެއް ކުރެވިއްޖެ ކަން އެނގޭނީ ހުރިހައި ކަމެއް ފުރިހަމަވެ އިތުރުވީމަކަން ނުބުންޏަސް އެނގޭނެއެވެ. ދެން މިއަދު އަރައި ތިބެގެން ސާކުސަމިޓު ބޭއްވީ އައްޑޫސިޓީ ގައެއް ނޫނޭ ، ފުއައް މުލަކުގައެއް ނޫނޭ ބުނެފައި ހިންހަމަ ޖެހޭނަމަ ދެން ފެންތައްޓެއް ބޯލައިގެން ހަމަނޭވާ ލެވޭތޯ ބަލާށެވެ. މިއަދުގެ ސަރުކާރަކީ ވެރީން ވެރިވެ އަބުއިވެގެން ދުވާ ސަރުކާރެއް ނޫނެވެ . މިސަރުކާރު ހިންގުމާ ހަވާލުވެ އެތިބީ ރައްޔިތުންގެ ހައްގުގައި ރައްޔިތުންނަށް މަސައްކަތް ކޮށްދިނުމަށް ހުވާކޮށްގެން ތިބި ރައްޔިތުންގެ ނޯކަރުންކަން މިއަދު ބަލާލި ކޮންމެ ލޮލަކަށްވެސް އެނގި މިދަނީ ކަށަވަރު ވަމުންނެވެ. އަބުއިކަމެއް ، ކިބުރުވެރި ކަމެއް ނެތި، ރެޔާދުވާ އެއްކުރައްވައިގެން މިގައުމުގެ އެންމެހައި ރައްޔިތުންނާއި މުޅިގައުމުގެ ހައްގުގައި ރައީސް ނަޝީދު އެކުރަށްވާ މަސައްކަތް ޕުޅަކީ އެކަކަށްވެސް އޮޅޭނެ ކަމެއް ނޫނެވެ. ނިދުމެއް އަރާމެއްނެތި އެއްތަނުން އަނެއްތަނުން އެއުޅުއްވާގޮތް ގައިމުވެސް ފެންނާނެއެވެ. އެކަމަކު އިދިކޮޅު މީހެއްގެ ދުލުން ޝުކުރުގެ އެންމެ ބަހެއްވެސް ނުލިބޭނެކަން އަހަރެމެން ދެނެތިބީމެވެ. އެކަމަކާ ސަރަމުވެސް ހީއެއް ނުވެއެވެ. ބުނަން ހެއްޔެވެ؟ 17 ވަނަ ސާކުސަމިޓު ބޭއްވީ ދިވެހި ރާއްޖޭގައެވެ. މިއީ އަހަރެމެން އެންމެންގެ ރާއްޖެއެވެ. އަފިރީންގެ ރާއްޖެއެވެ. އަފުންގެ ރާއްޖެއެވެ. މަމެންގެވެސް ރާއްޖެއެވެ. މައެންގެވެސް ރާއްޖެއެވެ.