އެމްޑީޕީން އިސްނަގައި މަސައްކަތްކޮށްގެން ރާއްޖޭގައި ސުޕްރީމްކޯޓެއް ޤާއިމްކުރިފަދައިން ރާއްޖޭގެ ފަނޑިޔާރުގެއަކީ ވެސް މިނިވަންކަމާއި އިންސާފެވެރިކަމާއެކު ހިނގަމުންދާ ތަނަކަށް ހަދަން އެބަޖޭހޭ – އިންތި

އިބްރާހީމް ރާމިޒް

haruge-25-10-2011-65

ޤާނޫން އަސާސީ ފަހުމް ވާފަދަ ފަނޑިޔާރުން ވެސް ރާއްޖޭގެ ފަނޑިޔާރުގޭގައި ވަރަށް މަދުކަމަށް ބޭރުގެ ތަޖުރިބާކާރު ޝަރުޢީދާއިރާގެ ޢިލްމުގައި ފުންނާބުއުސް ފަރާތްތަކުން ރާއްޖެވަޑައިގެން ކުރެއްވި ދިރާސާތަކުން ދައްކާފައި ވާކަމަށާއި، އެމްޑީޕީން އިސްނަގާ މަސައްކަތްކޮށްގެން ރާއްޖޭގައި ސުޕްރީމްކޯޓެއް ޤާއިމްކުރިފަދައިން ރާއްޖޭގެ ފަނޑިޔާރުގެއަކީ ވެސް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ހިނގަމުންދާ ތަނަކަށް ހަދަން އެބަޖޭހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރުދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ރޭ އެޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަނޑިޔާރުގެ މިނިވަން އިންސާފުވެރިތަނަކަށް ހަދާފައިނޫނީ އެމްޑީޕީން ހުއްޓާނުލާނޭކަމަށް ތަކުރާރުކޮށް އިންތި ވަނީ ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ ޝަރުޢީދާއިރާގައި ކަންކަން ހިނގަމުންދާ ދޯދިޔާކަމުގެ ހެކިތައް ދައްކަވާ ވާހަކަދައްކަވަމުން އެމްޑީޕީން އިސްނަގައި މަސައްކަތްކޮށްގެން ރާއްޖޭގައި ސުޕްރީމްކޯޓެއް ޤާއިމްކުރިފަދައިން ރާއްޖޭގެ ފަނޑިޔާރުގެއަކީ ވެސް މިނިވަންކަމާއި އިންސާފެވެރިކަމާއެކު ހިނގަމުންދާ ތަނަކަށް ހަދަން އެބަޖޭހޭކަމަށް އިމްތިޔާޒް ފަހުމީ ވިދާޅުވިއެވެ. އަދި ވެސް އިތުރަށް ފާޑުވިދާޅުވަމުން އިމްތިޔާޒް ވިދާޅުވީ ޤާނޫން އަސާސީ ފަހުމް ވާފަދަ ފަނޑިޔާރުން ވެސް ރާޖޭގެ ފަނޑިޔާރުގޭގައި މަދުކަމަށް ބޭރުގެ ތަޖުރިބާކާރު ޝަރުޢީދާއިރާގެ ޢިލްމުގައި ފުންނާބުއުސް ފަރާތްތަކުން ރާއްޖެވަޑައިގެން ކުރެއްވި ދިރާސާތަކަކުން ދައްކާފައި ވާކަމަށެވެ.

އިންތިގެ ވާހަކައިގައި ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ފުޅާކުރުމަށް އެމްޑީޕީން މަސައްކަތްކޮށް އެކަންކަން މިހާރު ހުޅުވާލެވިފައި ވުމުން އެކަމުގެ ނާޖާއިޒްފައިދާ ނަގައިގެން ރައްޔިތުންނާހަމައަށް ޚަބަރު ފެތުރުމުގައި އެއްވެސް ޒިންމާދާރުކަމެއްނެތި މަސައްކަތްކުރަމުންދާ ބައެއް މީޑިޔާތައް ފެންނަކަމަށް ވިދާޅުވިއެވެ. އަދި ދީނުގެނަމުގައި ސިޔާސީ ބޭނުންތައް ފުއްދުމަށް މަސައްކަތްކުރަމުން އަންނަބަޔަކު ރާއްޖޭގައި އުފެދިގެންދާނަމަ އަންނަންއޮތް ޖީލުތަކަށް ދީނާއިމެދު ޝައްކުކަން އުފެދި ރާއްޖެއިން އިސްލާމްދީން ނެތިގެންގޮސް އަމާންކަން ފިލައިދާނެކަމަށް ވެސް އިމްތިޔާޒްގެ ވާހަކައިގައި ވަނީ ވިދާޅުވެފައެވެ.