MDP/2011/I-037
ވަޒީފާގެ ފުރުޞަތު
މިޕާޓީގެ، ޤައުމީ ސެކްރެޓޭރިއަޓްއަށް ތިރީގައި މިދަންނަވާ މަގާމްތަކަށް މީހުން ބޭނުންވެއްޖެއެވެ.
ރިސެޕްޝަނިސްޓް
ބޭނުންވާ އަދަދު 1
ފެންވަރު ނުވަތަ ޝަރުތު:
ޝަރުތު: މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ހުރިކަން ސާބިތުކޮށްދިނުމާއެކު، ދަށްވެގެން ސާނަވީ އިމްތިހާނަކުން އިނގިރޭސިއާއެކު ދެ މާއްދާއިން “c” ގްރޭޑް ލިބިފައިވުމާއި، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާންގައި ދިވެހި މިމާއްދާއިން ދަށްވެގެން “c” ގްރޭޑް ލިބިފައިވުމާއި، ކޮމްޕިއުޓަރަށް އަހުލުވެރިވުން.
މުސާރަ:
އާއި 6000 ރުފިޔާ އާއި ދެމެދު 4000 ރުފިޔާ
މެމްބަޝިޕް އެސިސްޓެންޓް
ބޭނުންވާ އަދަދު 1
ފެންވަރު ނުވަތަ ޝަރުތު:
އޯލެވެލް އިމްތިހާނުގެ ފަސް މާއްދާއިން ދަށްވެގެން “C” ފާސްލިބިފައިވުމާއެކު މައިކްރޯސޮފްޓް އޮފީސް އަށް އަހުލުވެރި މީހެއް ކަމުގައިވުން.
މުސާރަ:
4000 ރުފިޔާއާއި 6000 ރުފިޔާއާއި ދެމެދު
މިމާޤާމުތަކަށް މީހުން ހޮވުމުގައި މި ޕާޓީގެ މެންބަރުންނަށް އިސްކަން ދެވޭނެއެވެ.
މިމަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ޝަރުތުފުރިހަމަވާ ފަރާތްތަކުން 10 ނޮވެމްބަރ 2011 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށް، އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ 2 ވަނަ ފަންގިފިލާ) އަށް ސިޓީއާއި ވަނަވަރު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މައުލޫމާތު: ފޯން 3340044، ފެކްސް 3322960، އީމެލްއިލް: secretariat@mdp.org.mv
1 ނޮވެމްބަރ 2011