ފުވައްމުލަކު އަތޮޅު ކައުންސިލްގެ ބައި އިލެކްޝަންގެ އެމްޑީޕީ ޕްރައިމަރީ މިއަދު އޮންނާނެ

އިބްރާހީމް ރާމިޒް

reeko-moosa-voting-400-x-234އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެޕާޓީގެ މިހާރުގެ ޗެއަރޕާސަން ވޯޓުލައްވަނީ.. އެމްޑީޕީ ފައިލް ފޮޓޯ

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ބައި އިލެކްޝަންގެ އެމްޑީޕީ ޕްރައިމަރީ މާލެ ސިޓީ އާއި ފުވައްމުލަކުގައި މިއަދު އޮންނާނެ އެވެ.

ޏ.އަތޮޅު ކައުންސިލުން ހުސްވެފައިވާ ފުވައްމުލަކު މެދު ދާއިރާއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން، 19 ނޮވެމްބަރ 2011 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަވާފައިވާތީ، މި ބައި-އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓް ގައި ވާދަކުރުމަށް ހުށަހަޅާފައިވާ 3 ކެންޑިޑޭޓުންގެ މެދުގައި ބާއްވާ އެމްޑީޕީ ޕްރައިމަރީ މިއަދު ބާއްވާއިރު އެ ޕްރައިމަރީގައި ވާދަކުރައްވަނީ ، ޝައްފާފް ނަސީރު، ހަޒާރުމާގެ ޏ. ފުވައްމުލައް (މާދަޑު) އާއި، މުޙައްމަދު ޢަބްދުﷲ ދީދީ ، ސެންޓްގެ ޏ.ފުވައްމުލައް އަދި ޏ.ފުވައްމުލައް، މުސްކުޅިގޭ، މުޙައްމަދު ނިޒާމް ޙަސަން އެވެ.

މިއަދު މެންދުރުފަހު 1 ން އިރުއޮއްސި 6 ގެ ނިޔަލަށް އޮންނަ މި ޕްރައިމަރީ ގައި މާލެ ސިޓީގައި ވޯޓުލުން އޮންނާނީ އެމްޑީޕީ ހަރުގޭގައެވެ. ފުވައްމުލކަުގައި ވޯޓުލުން ކުރިޔަށް ގެންދާނީ އެރަށު ޖަނަވަރީ މާގޭގައި ހުންނަ ފުވައްމުލަކު މެދު ދާއިރާގެ އޮފީހުގައެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލްގައި މިހާރު ތިއްބަވަނީ އެމްޑީޕީގެ ދެ މެމްބަރުންނާއި ޑީއާރްޕީގެ ތިން މެމްބަރުންނެވެ.