ބައެއް މަހުޖަނުން ޖީ.އެސްޓީގެ ނަމުގައި ރައްޔިތުން ފެލާލަނީ

ފަހަލަ

ޑިއުޓީ މަޢާފްކުރުމުގެ ބިލް ތަޅުމުގައި ބާއްވާފައި ފާސްކުރި ޖިއެސްޓީ ނެގުމުގެ ގާނޫނުގެ ދަށުން ޖީއެސްޓީ ނަގަންފެށުމުން އެކަމުގެ ނާޖާއިޒް ފައިދާ ވިޔަފާރިގެތަކުން ނަގަމުންދާ ކަމުގެ ޝަކުވާ ރައްޔިތުން ކުރަންފަށައިފިއެވެ.
ޖީއެސްޓީ ނެގެނީ ވިޔާފާރިކުރުމަށް ނަގާބަޔާއި ތަނުގެ ކުއްޔާ މުއަޒިފުންގެ މުސާރަ އަށްވާ ބައި އުނިކުރުމަށްފަހު މުޅިވިޔާފާރިފައިދާއިން ނެގޭ އެއްޗަކަށްވާހިނދު ރައްޔިތުން އޮޅުވާލައިގެން ރައްޔިތުމީހާ ގަންނަ ކޮންމެ މުދަލަކުން ޖީއެސްޓީއޭ ކިޔާފައި ބޮޑުއަގު ނަގަން ފެށުމަކީ ރައްޔިތުން ނަށް ދަތިކުރުމަށް ވިޔަފާރިގެތަކުން ރާވައިގެން ހިންގާ ޖަރީމާއެއްކަމުގައިމެނުވީނުވާނެއެވެ.