އެމްޑީޕީ އުތުރު ޕްރޮވިންސް ސެކްރެޓޭރިއަޓްގެ ހިންގާ ގަވައިދުގެ ޑްރާފްޓަށް އިސްލާޙް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން
އެމްޑީޕީ އުތުރު ޕްރޮވިންސް ސެކްރެޓޭރިއަޓްގެ ހިންގާ ގަވައިދުގެ ޑްރާފްޓެއް ކަމުގައި ބަލާފައިވަނީ އެމްޑީޕީ ސެކްރެޓޭރިއަޓުން އެ ޕާޓީގެ ވެބްސައިޓް ގައި އާންމު ކޮށްފައިވާ ޕްރޮވިންސް ސެކްރެޓޭރިއަޓް ހިންގުމުގެ ގަވައިދުގެ ޑްރާފްޓް ކަމުގައި އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
ވީމާ، މި އޮކްޓޯބަރު މަހުގެ 6 ވާ ބުރާސްފަތި ދުވަހުގެރޭ އޮންނަ މި ޕްރޮވިންސްގެ މިނީ ކޮންގްރެސް ގައި މި ޕްރޮވިންސްގެ ހިންގާ ގަވައިދު ފާސްކުރުމަށް ހަމަޖެހިފައިވާތީ މަތީގައި ދަންނަވާފައިވާ ޕްރޮވިންސް ސެކްރެޓޭރިއަޓް ހިންގުމުގެ ގަވައިދަށް އިޞްލާޙް ހުށަހަޅަން ބޭނުންވާ މި ޕްރޮވިންސަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުން، 5 އޮކްޓޯބަރު 2011 ވާ ބުދަ ދުވަހުގެ ހަވީރު 4.00 ގެ ކުރިން، އެ އިޞްލާޙްތައް އީމެއިލް މެދުވެރިކޮށް ފޮނުއްވައިދެއްވުން އެދެމެވެ.
ޕްރޮވިންސް ހިންގުމުގެ ޤަވާއިދު (ޑްރާފްޓް)
އިތުރު މަޢުލޫމާތު:
ކޮންޓެކްޓް: ، 7677066،7777722، އީމެއިލް: Northprovince.mdp@gmail.com
2 އޮކްޓޯބަރ 2011
-އެމްޑީޕީ އުތުރު ޕްރޮވިންސް ސެކްރެޓޭރިއަޓް-