ނަރުދޫ ތަރާދު ގޮފީގެ އަހަރީ ޙަފްލާ ދާއިރާ ފެންވަރުގައި ބާއްވައިފި

އިބްރާހީމް ރާމިޒް

tharaadhu-gofi-narudhoo-400-x-300

ށ.ނަރުދޫ އެމްޑީޕީ ތަރާދު ގޮފީގެ ފުރަތަމަ އަހަރީ ޖަލްސާ، ދާއިރާ ފެންވަރުގައި ނަރުދޫ ބަނދަރު ސަރަހައްދުގައި ރޭ ބާއްވައިފިއެވެ.

މިލަންދޫ ދާއިރާގެ ތިން ރަށް ކަމަށްވާ ށ.މިލަންދޫ، ފީވައް، އަދި .ނަރުދޫގެ އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވި. މި ޖަލްސާ ގައި ދާއިރާގެ އެމްޑީޕީ ކައުންސިލަރ އަބްދުﷲ އާތިފް އާއި ށ.ނަރުދޫ އެމްޑީޕީ ކައުންސިލަރ މުސްތަފާ މޫސާ އާއި ގޮފިތަކުގެ އިސްބޭފުޅުން ބައިވެރިވެލެއްވިއެވެ.

މިޖަލްސާ ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ދާއިރާގެ ތިންރަށުގެ ގުޅުން ވަރުގަދަ ކުރުމާއި، 2013 ގައި އޮންނަ ރިޔާސީ އިންތިހާބު އެމްޑީޕީގެ އެންމެ އިސްލީޑަރު، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ކާމިޔާބު ކޮށްދިނުމަށް. މަސައްކަތްކޮށްދިނުމަށާއި،

މިޖަލްސާގައި އިދިކޮޅު ފަރާތް ތަކަށް، ޚާއްސަކޮށް ޑީއާރުޕީ، އަދި ޕީޕީއެމް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެގޮތުން މިޖަލްސާގައި ނަރުދޫއަށް 30 އަހަރުގެ ވެރިކަމުގައި ހަނދާން ނައްތާލާފައި އޮތްމިންވަރު ފާހަގަ ކުރަމުން، ރައީސް ނަޝީދުގެ ވެރިކަމުގެ ފުރަތަމަ އަހަރު ނަރުދޫއަށް ލަފާ ފުރުމަށް ބަނދަރެއް ހެދުމާއި، ކަރަންޓް ފެންވަރު ރަނގަޅުވެ އަގުހެޔޮވުމާއި، ދަތުރު ފަތުރު ލުއިފަސޭހަކޮށްދީފައިވާ ކަމަށް ނަރުދޫ ކައުންސިލް މެންބަރ މުސްތަފާ މޫސާ ފާހަގަ ކުރެއްވިއެވެ.

މި ޖަލްސާ އަކީ 2013 އަށް ތައްޔާރުވުމަށް އެ ދާއިރާގެ ތިންރަށުގައި ސިލްސިލާކޮށް ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ޙަރަކާތްތަކުގެ ފެށުން ކަމަށް ވެސް ނަރުދޫ އެމްޑީޕީ ތަރާދު ގޮފިން މަޢުލޫމާތުދެއެވެ.

މިޖަލްސާ ނިމުނީ ހާއްޞަ ދުއާ އަކުންނެވެ. އިސްވެ ދުޢާކޮށްދެއްވީ ނަރުދޫ ކައުންސިލް އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ އިބްރާހީމް ރައޫފް އެވެ.