ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ވަޑައިގެންފި

hep-addu-city

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫސިޓީއަށް ކުރައްވާ މިދަތުރުފުޅަކީ ސާކް ސަމިޓުގެ މަސައްކަތްތައް ހިނގަމުންދާ ގޮތާއި، ސަމިޓަށް ވަމުންދާ ތައްޔާރީތައް ބައްލަވައިލެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި، މިދަތުރުފުޅުގައި، އައްޑޫސިޓީގެ ތަރައްޤީއަށް ހިނގަމުންދާ އެހެން މަސައްކަތްތައްވެސް އެމަނިކުފާނު ބައްލަވައިލައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ވަޑައިގަތީ ރޭ މެންދަމުގެ ވަގުތެއްގައެވެ.