ތައުޒިޔާ ދެންނެވުން

mdp-logo-original

ިހިރިޔާ ސްކޫލުގެ ޕްރިންސިޕަލާއި، އެ ސްކޫލުގެ 4 ދަރިވަރަކު މިއަދު ގެނބިގެން ނިޔާވުމާ ގުޅިގެން އެމްޑީޕީން ނުހަނު ހިތާމަކޮށް، ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، މި ފުން ހިތާމައިގައި ބައިވެރިވެ، މި ހިތާމަވެރި ހާދިސާ ގައި ނިޔާވި ޕްރިންސިޕަލާއި، ދަރިވަރުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކުރަމެވެ.
މިއަދު ހެނދުނު ކ.ހުރާގައި ހިނގި މި ހިތާމަވެރި ހާދިސާގައި ފުރާނަ ސަލާމަތްވި ކުދިންގެ ތެރެއިން ފަރުވާ ދެމުންދާ ކުދިންނަށް އަވަސް ޝިފާއަކަށް އެދޭ ހިނދު، މި ހާދިސާގައި ނިޔާވި ފަރާތްތަކަށް މާތް ﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވައި، އެ ޢާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ.
އަދި މިހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދައި، މި ފަދަ ހިތާމަވެރި ޙާދިސާތައް ތަކުރާރުނުވާނޭ ގޮތަކަށް ޢަމަލުތައް ބެހެއްޓުމަށް ކަމާއިބެހޭ ހުރިހާ ފަރާތަކަށް މި ޕާޓީން ނަސޭޙަތްތެރިވަމެވެ.
.