އުތުރު ޕްރޮވިންސް “މިނީ ކޮންގްރެސް” 15 ސެޕްޓެމްބަރ ގައި ޅ. ހިންނަވަރުގައި އޮންނާނެ

އިބްރާހީމް ރާމިޒް

new-image-450-x-235

އެމްޑީޕީ އުތުރު ޕްރޮވިންސް ގެ ސެކްރެޓޭރިއެޓްއިން އުތުރު ޕްރޮވިންސްގެ “މިނީ ކޮންގްރެސް” ގެ ނަމުގައި ޚާއްސަ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެސެކްރެޓޭރިއެޓުން ހާމަ ކޮށްފިއެވެ.
އުތުރު ޕްރޮވިންސް ސެކްރެޓޭރިއެޓްގެ ވަގުތީ ތަރުޖަމާނު ދުވާފަރު ދާއިރާގެ ރައީސް އިބްރާހިމް އާތިފް (ޕްރިންސް) ހާމް ކުރެއްވި ގޮތުގައި މި ގޮތަށް މި ނިންމީ ރޭ ފެލިވަރުގައި ބޭއްވި އެސެކްރެޓޭރިއޭޓްގެ ބައްދުލުވުމެއްގައެވެ. ރޭގެ ބައްދަލުވުމުގައި 15 ސެޕްޓެމަބަރގައި ބާއްވާ މިނީ ކޮންގްރެސްއަށް ދަޢުވަތު ދޭނެ ފަރާތްތައް ކަނޑައަޅާ، އެ ކަމަށް ހިނގާނެ ބަޖެޓް ވަނީ އެކުލަވާލާފައެވެ. މި ބައްދަލުވުމަށް އެމްޑީޕީ ގެ އެންމެ އިސްލީޑަރޝިޕަށް ދައުވަތުދޭނެ ކަމަށާއި ، އުތުރުޕްރޮވިންސް ގައި ހިމެނޭ 14 ދާއިރާގެ ރައީސުންނާއި، ރައްޔިތުންގެ މަޖްލިސްގެ މެމްބަރުންނާއި، އަތޮޅު ކައުންސިލްގެ މެމްބަރުންނަށްވެސް ދަޢުވަތު އަރުވާނެ ކަމަށް ޕްރިންސް މަޢުލޫމާތު ދިނެވެ.
މި ބައްދުލުވުމުގައި ޕްރޮވިންސް ސެކްރެޓޭރިއެޓް ހިންގުމުގެ ޤަވާޢިދެއް އެކުލަވާލުމާއި، ދާއިރާތަކާ ގޮފިތައް ހިންގުން ހަރުދަނާކުރާނެ ގޮތްތަކާއި އުސޫލުތަކުގެ މައްޗަށް ބައިވެރިން މަޝްވަރާކުރާނެކަމަށް އުތުރު ޕްރޮވިންސް ސެކްރެޓޭރިއެޓްއިން ހާމަކުރެއެވެ.
އިތުރަށް މަޢުލޫމާތު ދެއްވަމުން ޕްރިންސް ވިދާޅުވީ މި ބައްދަލުވުމަށްފަހު 16 ވާ ހުކުރުދުވަހުގެ ރޭ ހިންނަވަރު ދާއިރާ އިން އިންތިޒާމް ކުރާ ޚާއްސަ ޖަލްސާ އެއް ” ހިންނަވަރު ދާއިރާ މެކުހަށް” މި ނަމުގައި ހިންނަވަރުގައި ބޭއްވޭނެ ކަމަށެވެ. މި ޖަލްސާގައި ހިންނަވަރު ޑީ.އާރ.ޕީގެ އިސްފަރާތްތަކާ، އަދި އެ ޕްރޮވިންސަށް ނިސްބަތް ވާ ބައެއް މިނިވަން ކައުންސިލަރުން އެމްޑީޕީ އަށް ސޮއިކުރުން އޮންނާނެއެވެ.
.