ފުނަމާ
ފުވައްމުލަކުގައި އެއަތޮޅުގެ ކައުންސިލުގެ މަޝްވަރާއާއި އެކު ދެ ފަޅުރަށް ، ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުން ލިބިވަޑައިގެންވާ ބާރުގެ ދަށުން އުފައްދަވައި ، އެ ދެފަޅުރަށުގެ ތެރެއިން އެއްރަށެއް އެއީ އެއަރޕޯޓު އަޅާ ސަރަހައްދު ކަމުގައާއި އަދި އަނެއްރަށަކީ ފުއައްމުލަކުގެ ސިޓީހޮޓެލް ތަރައްގީ ކުރާ ސަރަހައްދު ކަމުގައި ނިންމެވި ނިންމެވުމަކީ ފުވައްމުލަކުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުންގެންދާ އެއަތޮޅުގެ ކައުންސިލުގެ މަސްލަހަތާއިއެކު ނިންމެވި ނިންމެވުމެއް ނަމަވެސް ، މިކަމާ ގުޅިގެން ރައީސް ނަޝީދަކީ ޝައިތާނީ ވިސްނުމެއް ގެންގުޅޭ ބޭފުޅެއް ކަމުގައި ފާޅުކަންބޮޑު ގޮތެއްގައި އަދާލަތު ޕާޓީން ބުނެފައިވާ ބުނުމަކީ ފުވައްމުލަކުގެ ރައްޔިތުންގެ ވިންދަށް ބެލުމެއް ނެތި ސިޔާސީ ބޭނުމެއްގައި ބުނެފައިވާ ބުނުމެކެވެ.
ފުވައްމުލަކުގައި ދެފަޅުރަށް އިއުލާނުކުރެއްވީ ރައީސް ނަޝީދު ފުވައްމުލަކުގެ ކައުންސިލަށް ނުފޫޒުފޯރުވައި ޕުރެޝަރ ކޮއްގެން ކަމުގައި ކަނޑައެޅިގެން ބުނިބުނުމުގެ ރައްދުގައި އެކައުންސިލުގެ ނާއިބުރައީސް އެކަން ދޮގުކުރުމުން އަދާލަތުން ތަންތަނަށް އަރައި އެއަޑުގަދަ ކުރާ މީހުންގެ މުނާފިގު ކަމާއި ، މިގައުމުގައި ފިތުނަ ފަސާދަ އުފެއްދުމަށް އެމީހުން އެގެންގުޅޭ ޝައިތާނީ ވިސްނުން ފިސާރި ރަނގަޅަށް ހާމަވެ ހިނގައްޖެއެވެ. އަދި މިފަދަ ބަޔަކާއެކު މިސަރުކާރު ކޯލިޝަން ހަދައިގެން އުޅުމުގެ މާބޮޑު ބޭނުމެއް މިހާރު އޮތް ކަމަކަށް ނުދެކެމެވެ.
މިހާރަކަށް އައިސް އަދާލަތުގެ ބައެއް ވެރިން މާދޫދިގުވެގެން ތަންތަނަށް އަރައި މިސަރުކާރު ވެރިކަމަށް ގެނައީ ތިމަންނާމެން ކަމުގައި ގޮވާ ހަޅޭއްލަވާއިރު މިމީސްމީހުންގެ ނިޔަތުގައި ހުރި މުނާފިގުކަމަކީ މިއަދު ރައްޔިތުން ނުދަންނަ ކަމެއް ނޫނެވެ. ކޮންމެވެސް ގައުމެއްގައި އިސްލާމް ދީނުގެ ކޮންމެވެސްވަރެއް އުނގެނެން އުޅެފައި ތިއްބެއް ކަމަކު މިމީހުންނަކީ ދުނިޔެވީ އެއްވެސް ފަލްސަފާއެއް ނުދަންނަ ބައެއްގެ ގޮތުގައި މިއަދު ލާޖެހި ހޮވިފައި އެވަނީ ދުނިޔޭގެ ސުންނަތަށް ތަބާވުމެއްނެތި ހައްދުފަހަނަ އަޅާފައިވާ މިމީހުންފަދަ މީހުންގެ ހުންނަ ކަމުގައި މީހުން ބުނެއެއުޅޭ އިޔަހޫދީ ސިކުނޑީގެ ޖައްބާރުކަމުންނެވެ. މިމީހުންގެ ވިސްނުން ފިޔަވައި އެހެން އެއްވެސް ފިކުރަކީ އެމީހުންގެ ކުރިމަތީގައި ގަބޫލުކުރެވޭ ކަންކަމެއް ނޫނެވެ. އިސްލާމްދީނަކީ ވެސް ހަމައެކަނި އެމީހުންނަށް ބާވައިލެއްވި އެއްޗެއް ކަމުގައި އެމީހުން ދެކެއެވެ.
މިއަދު ދިވެހި ރާއްޖޭގައި އިސްލާމްދީން މިއޮންނަނީ އެމީހުންގެ ސަބަބުން ކަމުގައި އެބުނާ ބުނުމަކީ ނެތިދިޔަ އަދި މިހާރުވެސް މިގައުމުގައި ދިރިއުޅޭ ހުރިހައި ދިވެހީންގެ މައްޗަށް އެމީހުން ކުރާ މަލާމާތެއް ކަމުގައި މެނުވީ ބަލާނެ ޖާގައެއް ނެތެވެ. އެކިގޮތްގޮތަށް އިސްލާމް ދީނުގެ ހުކުމްތައް އެމީހުން ހިތުހުރި ގޮތަކަށް އޮޅުވާލައި އޮޅުން ބޮޅުންކޮށް ހަދަމުން ގެންދިޔުމުގެ ސަބަބުން މިއަދު ރާއްޖޭގައި ޒަމާނުއްސުރެއޮތް ދީނީ އެއްބައިވަންތަކަން މިދަނީ ދުވަހުން ދުވަހަށް ގެއްލެމުންނެވެ. ދެފަހަރު އެއްގޮތަކަށް ފަތުވާ ދިނުމަކީ މިމީހުން ކުރާ ކަމެއް ނޫނެވެ. މިހެން މިވަނީ ބުނެވޭގޮތުގައި މިފަދަ މީސްމީހުންނަކީ ދީނީ ފަގުޑިއެއް އަޅުވާފައި އެތެރޭން ޓެރަރިސްޓުންގެ ކޮނޑުކެނޑި ލައްވާ ތަމްރީނު ކުރުވާފައި ތިބި ބައެއް ކަމުންނެވެ. މިމީހުންނަކީ ކުރީގައި ޔަހޫދީން އުޅުނު ގޮތައް އުޅެމުން ގެންދާ ބައެކެވެ. ޔަހޫދީންވެސް ގަބޫލުކުރި ގޮތުގައި މުޅިދުނިޔޭގައިވެސް ހަމައެކަނި ދިރިއުޅުމުގެ ހައްގު ލިބިގެން ވަނީ އެމީހުންނަށެވެ.
މިއަދަކު ދުނިޔެ އެކަމެއް ގަބޫލެއް ނުކުރާނެއެވެ. މިމީހުންނަކީވެސް މިމީހުން ގަބޫލުކުރާ ގޮތްނޫން ގޮތެއް ގަބޫލުކުރާނަމަ އިސްލާމަކަށްވިޔަސް މަރާލައި ނައްތާލުމަށް ގޮވާލާ މީހުންގެ ތެރޭގައި ހިމެނޭ ޓެރެރިސްޓު ޖަމާއަތްތަކުގެ އަތެއް އޮވެގެން އެފަދަ ފަރާތްތަކުގެ އެހީއާއި މަދަދު ލިބިގެން މިގައުމުގައި އުޅެމުން ގެންދާ ބައެއް ކަމުގައި ގިނަބަޔަކު ބުނެއުޅެއެވެ. ކޮންމެވެސް ކަމަކުން ރައްޔިތުންގެ ތެރޭގައި ފިތުނަ އުފައްދައިގެން ގައުމު އަބަދުވެސް އަނދަވަޅަކަށް ވައްޓާލުންނޫން ކަމެއް މިމީހުންގެ ކިބައިން ފެންނަމަކުން މިހާތަނަކަށް ނުދެއެވެ. ސަރުކާރުގެ ތެރޭގައި އޮވެގެން ސަރުކާރަށްވެސް ޖެއްސުމެއް މެނުވީ މިމީހުން ނުކުރެއެވެ. ދޭތެރެ ދޭތެރެއިން ރާއްޖެއިން ފުރައިގެންގޮސް ހައްދު ފަހަނައަޅާފައިވާ އެކިއެކި ޖަމާއަތް ތަކާއެކު ގުޅުން ބަދަހިކޮށް އެމީހުންގެ އެހީގައި ރާއްޖޭގައި ބޮޑެތި ފިހާރަތައް ހުޅުވައި އެފަދަ ޖަމާއަތް ތަކުގެ ނެޓުވޯކުތައް ރާއްޖޭގައި ގާއިމު ކުރުމަށް މިފަދަ މީހުން މަސައްކަތް ކުރަމުންގެންދާ ކަމުގައިވެސް ބުނެއުޅޭ މީހުން މަދެއްނޫނެވެ. މިކަމަށް ދަލީލުލިބޭ އެއް ހެއްކަކީ ދުނިޔޭގެ ބޮޑެތި ޖާސޫސީ އިދާރާތައްދެކެ މިމީހުން ގަންނަ ބިރެވެ. އެފަދަ ބަޔެއްގެ ކަޅި ރާއްޖޭގެ މައްޗަށް އަމާޒުވެ މިމީހުންގެ އަމަލުތައް ފަޅާއަރުވާލާފާނެތީވެ ބިރުން އަބަދުވެސް މިމީހުން ތިބެނީ ތުރުތުރުއަޅާ ހާލުގައެވެ.
ކޮންމެއަކަސް އެހެންމީހުންނާއި ދިމާލަށް ޝައިތާނަށް މުނާފިގުންނަށް މިމީހުން މިގޮވައި ނަގަނީ މިމީހުންގެ ހުރި މުނާފިގުކަމާއި ޝައިތާނިއްޔަ ވަންތަކަން ސިއްރުކުރާން ކަމުގައި ދަންނަވާން ޖެހެއެވެ. ބަޔަކާއެކުވެގެން އެއްއަމާޒަކަށް ދިއުމާއި އެހެން މީހުންނަށް އިހުތިރާމު ކޮށްގެން އުޅުމަކީ މިމީހުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. މިފަދަ ދުނިޔޭގެ ކަންހިނގާގޮތް ނޭނގޭ ދެފުށްދެގޮތް މުނާފިގުން ގައުމެއްގައި ގިނަވެއްޖެނަމަ އެތަނެއް ހަލާކުވެ ދިޔުމުގެ ކޮޅުމަތި ފެންނާން ފެށީއެވެ. މާދަމާ މިމީހުންގެ ބަސްވިކޭގޮތް ވެއްޖެނަމަ މިގައުމުގެ ކޮންމެ ގެއެއްގެ ދޮރުމަތީގައި ބޮޑުބަޑި ބަހައްޓާ ރާއްޖެއަށް އަންނަ މެހެމާނުންނަށް އެބަޑިތަކުން މަރުހަބާ ކިޔުމަކީވެސް ވެދާނެ ކަމެކެވެ. އާޚިރުގައި މިކަމާ އިދިކޮޅު ދުނިޔޭގެ ބާރުތަކުން މިމީހުންގެ ސަބަބުން މިރާއްޖެއަށް އަރައި ގައުމު އަޅުވެތި ކުރުމަކީވެސް ވެދާނެ ކަމެއް ކަމުން މިފަދަ މީހުންގެ މަކަރުވެރި ، މުނާފިގު ، އަދިއެހާމެ ޝައިތާނިއްޔަ ފިކުރުތަކާއި ދުރަށް ދިއުމަށް ސަރުކާރަށް ގޮވާލަމެވެ.