މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލު ފާސްކޮށްފި

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލު މިއަދު ފާސްކޮށްފިއެވެ.
މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލު ފާސްވީ 40 ވޯޓު ލިބިގެންނެވެ. މި ބިލާ ދެކޮޅަށް 30 މެންބަރަކު ވޯޓުދީފައިވެއެވެ.
މިއަދުގެ ޖަލްސާ އަށް 70 މެންބަރުން ހާޒިރުވެވަޑައިގެންނެވިއެވެ.