ތިނަދޫގެ ނަން ބަދަލުކުރުމާ މެދު ގޮތެއް ނިންމުމަށް އެރަށު ރައްޔިތުންގެ މެދުގައި ވޯޓެއް ނެންގެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި

cabinet-thinadhoo

ގދ. ތިނަދޫގެ ނަން ބަދަލުކުރުމުގައި، އެ ރަށު ރައްޔިތުންނަށް ފެންނަ ގޮތެއް ބެލުމަށް ވޯޓެއް ނެގުމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމައިފިއެވެ. މިގޮތަށް ނިންމީ، އިއްޔެ މެންދުރުފަހު ތިނަދޫގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ތިނަދޫގެ ނަން [ހަވަރުތެނަދޫ]ގެ ނަމަށް ބަދަލުކުރުމަށް ތިނަދޫ ރަށު ކައުންސިލުން ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހުގައެވެ.

ވަޒީރުންގެ މަޖިލީހުގެ އިއްތެގެ ޖަލްސާގައި، ތިނަދޫގެ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުންނާއި، މަތި ދެކުނު ސަރަޙައްދުގެ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުން މެންބަރުން މަޝްވަރާ ކުރައްވައި، މި މަޝްރޫޢުތައް އެގޮތަށް ކުރިއަށް ގެންދިއުމަށް ނިންމިއެވެ.

ވަޒީރުންގެ މަޖިލީހުގެ ޖަލްސާގެ ކުރިން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުން ތިނަދޫގައި އިއްޔެ ބޭއްވިއެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވީ، ތިނަދުއާއި މަތި ދެކުނު ސަރަޙައްދުގައި ހިންގަވަން ރާއްވަވާފައިވާ އެކި މަޝްރޫޢުތަކާ ބެހޭގޮތުންނެވެ.