މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން ޑރ.އަހުމަދު އަލިމަނިކު ގައުމީ އިއްތިހާދު ޕާޓީން ވަކިވެ ވަޑައިގެން އެމްޑީޕީއަށް ސޮއިކުރައްވައިފި

2 ޖޫން 2010

މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން ޑރ.އަހުމަދު އަލިމަނިކު، ބުރާސްފަތި ދުވަހު ގައުމީ އިއްތިހާދު ޕާޓީން ވަކިވެ ވަޑައިގެން އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

މީގެ އިތުރުން އެމިނިސްޓްރީގެ ޑައިރެކްޓަރ މުޙައްމަދު ވަހީދު ވެސް މިއަދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.މި ދެބޭފުޅުން ސޮއިކުރުމުގެ ޙަފްލާ އޮތީ އެމްޑީޕީ މައި އޮފީހުގައެވެ

މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު، ގައުމީ އިއްތިހާދު ޕާޓީން ވަކިވެ ވަޑައިގެން އެޕާޓީގެ އޭރުގެ ޑެޕއުޓީ ލީޑަރު އަދި އެޑިއުކޭޝަން މިނިސްޓަރ ޑރ.މުސްތަފާ ލުތުފީ އާއި އެޕާޓީގެ ކައުންސިލް މެންބަރު އަދި އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ނައިބު އަހުމަދު އިނާޒްވެސް ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.