އެމްޑީޕީގެ ޑިރެކްޓަރ ފޮރިން ރިލޭޝަންސްގެ މަގާމަށް ވަގުތީ ގޮތުން ހާމިދު ޢަބްދުލްޣަފޫރު ހަމަޖައްސަވައިފި

އިބްރާހީމް ރާމިޒް

hamid-abdul-ghafoor

އެމްޑީޕީގެ ޑިރެކްޓަރ ފޮރިން ރިލޭޝަންސްގެ މަގާމަށް ވަގުތީ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު, ހ. ޝޭޑީކޯނަރ ހާމިދު ޢަބްދުލްޣަފޫރު ހަމަޖައްސަވައިފިއެވެ.
ހާމިދު ޢަބްދުލްޣަފޫރަކީ މީގެ ކުރިން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު ވެސް ހާމިދު ގެންދަވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވަމުންނެވެ.
ހާމިދު ޢަބްދުލްޣަފޫރާ މި މަގާމް ހަވާލުކުރެއްވީ މިއަދު މެންދުރު ފަހު އެމްޑީޕީގެ ސެކްރެޓޭރިއަޓް ގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕާޓީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކެވެ.