މިނިސްޓަރ އޮފް ސްޓޭޓް، މެދު ޕްރޮވިންސްގެ ނައިބު ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު ޢައްޔަން ކުރައްވައިފި

1 ޖޫން 2010

medhu-dhekunu-naib-ibr-mohd

މިނިސްޓަރ އޮފް ސްޓޭޓް، މެދު ޕްރޮވިންސްގެ ނައިބުކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިނިސްޓަރ އޮފް ސްޓޭޓް، މެދު ޕްރޮވިންސްގެ ނައިބުކަމުގެ މަގާމަށް ޢައްޔަން ކުރެއްވީ، މާފަންނު ގޯލްޑަންޕަރލް އިބްރާހީމް މުޙަންމަދެވެ.
މީގެ އިތުރުން، ހެންވޭރު އަވަށު އޮފީހުގެ ކައުންސިލަރގެ މަގާމަށް ހެންވޭރު ވިލުނޫ އަޙްމަދު ސިރާޖު ޢައްޔަނު ކުރައްވައިފިއެވެ.