ވެރިކަމާހެދި ބަޔަކުހަނާވަނީ

ފަހަލަސަޢީދު

ކާބޯތަކެއްޗަކީ ﷲ ދެއްވާ ރިޒުގަށް ދިވެހިން ކިޔާ ނަމެކެވެ. ކާބޯތަކެތި ދަތިވަނީ ތަބީޢީ ގޮތުން ދުނިޔެއަށް އަންނަ ލޮޅުންތަކާ، އިންސާނުންގެ ޢަމަލްތައް ގޯސްވުމުގެ ސަބަބުން، ﷲ ޖައްސަވާ މުޞީބާތްތަކުންނެވެ. މިނޫން ގޮތަކަށް ކާބޯތަކެތި ދައްޗެއްނުވާނެއެވެ. މިކަންކަމަކީ މުޒާހަރާއަކުން ޙައްލުވާނެ ކަންކަމެއް ނޫނެވެ. މިކަންކަން ޙައްލުވާނީ ﷲއަށް ދުޢާ ދެންނެވީމައެވެ. މުޅި ދުނިޔޭގައި ވެސް އޮތީ ތަކެތީގެއަގު މަތިވެފައެވެ. މުޒާހަރާއަކުން ތަކެތީގެ އަގުތިރިކުރެވެން އޮތީވިއްޔާ އަޅުގަނޑުމެން އެންމެންވެސް މިތިބީ އެކަންކުރާން ތައްޔާރުގައެވެ. އަޅުގަނޑުގެ ސުވާލަކީ މުޒާހަރާކުރަން އެއުޅެނީ ތަކެތީގެ އަގު މުޒާހަރާކޮށްގެން ތިރިވާން އޮތީމާ ހެއްޔެވެ.ތަކެތީގެ އަގުބޮޑުކުރަނީ ވިޔާފާރިވެރިންނެވެ. ވިޔަފާރިވެރިންނަށް މުދަލާތަކެތި ވިއްކަނީ ސަރުކާރަކުން ނޫނެވެ. ބޭރުންތަކެތި އަގުހެޔޮކޮށް ވެސް އަދިއަގުބޮޑުކޮށް ވެސް ގެންނަނީ ވިޔަފާރިވެރިންނެވެ. ވީމާ ރައްޔިތުންނަށް އަޅުގަނޑު ހެޔޮހިތުން މިގޮވާލަނީ މިފަދަ ބަރަކާތްތެރި މައްސަރެއްގައި ފިތުނައުފެއްދުމަށް ހިއްވަރުނުދިނުމަށެވެ. ތަކެތީގެ އަގުތިރިކުރަން އެ ދާ ބަޔަކު ގޮވާ ގޮވެލިފައްޗަކީ ނެތިނުބައިމޮށުމާއި، މީހުންގެޒާތާ ބެހުމާއި އިސްތިއުފާއަށް ގޮވުމެވެ. ކާބޯތަކެއްޗާ ތަކެތީގެ އަގުތިރިވާނޭ އެއްވެސް ގޮތެއް ބުނެދޭކަށެއް ނުމެއެނގެއެވެ. ގައުމެއް ފިތުނަވެރިކުރުމަކީ އެކަމުގެ އަދަބު އެބަޔަކަށް ނުލިބިނުދާނޭކަމެކެވެ. ވެރިކަމަކީ ﷲ ދެއްވާ އެއްޗެކެވެ. އަދިވެރިކަން ގެންދަވަނީވެސް ﷲއެވެ. ގަބޫލުކުރައްވާށެވެ. ތަދުމަޑުކަމާއި، ބަލިމަޑުކަމަކީ ﷲގެ މިންވަރުފުޅުގައިވާ ކަންކަމެވެ. މުޒާހަރާތަކަށް ގޮސް އިންސާނުގެ މަސްކައި އައުގުރާނަށްދަންދެން ގޮވީމާ ތަކެތީގެއަގުތިރިވޭހެއްޔެވެ. ނުވެއެވެ. މީގެކުރިންވެސް އެހެން އުޅުނީމުތާއެވެ. ވީކޮންކަމެއްހެއްޔެވެ. ގައުމުގައި ފިތުނަވެރިކަމުގެ އަލިފާންރޯވީއެވެ. ފިތުނަ އުފެއްދުމަކީ ނުދިންނަވާވަރުގެ ބޮޑުފާފައެކެވެ. އެފަދަ ފާފަކުރާމީހުންނަށް ﷲ ވެރިކަމެއްނުދެއްވާނެއެވެ. އަސްލު ވެގެންމިއުޅޭ ގޮތަކީ މިރާއްޖޭގެ ވެރިކަންކޮށް، އެކަމުގެ ފޮނިމީރުކަން ލިބިފައި ތިބި ބަޔަކު ރަނގަޅު ބޮނޑިއެއް ބޯންވެގެން ވެރިކަމާހެދި ހަނާވަނީއެވެ އަދިރައްޔިތުންދެކެ ލޯބިވާ ބަޔަކުނަމަ، ސަރުކާރާ ވާހަކަދައްކައިގެން އަގުތިކުރެވޭނެ ގޮތެއް ބުނެދިނީހެވެ.ނަމަވެސް ދުނިޔެ މިޙާލަތުގައި އޮއްވާ އެއްވެސްއަގެއް ތިރިނުވާނެކަން އެނގި ފެނިދެނިވާ ޙާލުގައި މިކަން އައްޑަނައަކަށް ހަދައިގެން ވެރިކަން ވައްޓާލެވޭތޯ މަގުތަކަށް ނުކުމެ ޖަގަޑާހަދަނީއެވެ. މިފަދަ ބަރަކާތްތެރި މައްސަރެއްގައި ﷲ ޙަރާމްކުރައްވާފައިވާ ބޮޑުފާފަކުރުމަކީ ބިރުހުރިކަމެކެވެ. ކާބޯތަކެތީގެއަގު ތިރިކުރުމަށްޓަކާ ނުކުމެ ދުޢާކުރުމުގެބަދަލުގައި ވެރިކަންވެއްޓިދާނެކަމަށް ހީކޮށް މާލެ ހަލަބޮލިކޮށް ފިތުނައުފައްދަން ނުކުންނަބަޔަޔަކަށް ކޯފާއެއް އަތުވެދާނެކަމަށް ނުބަލާތިބޭކަށްނުވާނެއެވެ. ވެރިކަންވައްޓާލުމަށް މިފަހަރު އޮތްއައްޑަނައަކީ ތަކެތީގެ އަގުބޮޑުވުމެވެ. ހުކުރަށްނުދާ ދަންނަކަލޭފާނުގެ ދީނީ އައްޑަނަ މުގުރުނީއެވެ. ތަކެތީގެ އަގު ބޮޑުވާތީ މުޒާހަރާ ކުރުމަކީ ﷲގެ މިންވަރުފުޅާ ދެކޮޅުހެދުން ކަމުގައި މެނުވީ ނުވާނެއެވެ. ވީމާ މިފަދަ ނުބައި ޢަމަލެއް، މިފަދަ ބަރަކާތްތެރި މައްސަރެއްގައި ހިންގަން ނުކުތުމަކީ ﷲއަށް ބިރުވެތިވާންޖެހޭ ކަމެކެވެ. އެކި ދުވަސްވަރު ދުނިޔޭގައި ތަކެތި އަގުބޮޑުވެއެވެ. މިރާއްޖޭގެ ރައްޔިތުންވެސް ވާނީ މީގެކުރިން މިކަން ތަޖުރިބާކޮއްފައެވެ. އެކަން ޙައްލުވަނީ މުޒާހަރާ ކޮއްގެނެއްނޫނެވެ. މިއީ ރަބީޢުމޫސުމާއި، ޚަރީފްމޫސުމް އަންނަފަދައިން. އަޑިގަނޑަކަށް ފަހުއުސްގަނޑެއް، އަންނަ ބީދައިން، ތަގްދީރުގެ ރޭވުންތަކާ ގުޅިލާމެހިފައިވާ ކަމެކެވެ. ހަޔަގީނުންވެސް ފާފަވެރިވާ ކަމެއްކޮށްގެން ވާނެ ފައިދާ އެއް ނުއޮންނާނެއެވެ. ހުކުރަށް ނުދާ ޢިލްމުވެރިޔާއެވެ. ދިވެހި ގިނަރައްޔިތުން ދުޢާކުރަނީ ތިބާގެ ބަލާޔާ މުޞީބާތުން މިގައުމުސަލާމަތްވޭތޯއެވެ. އަދި ތިބާ ރައްޔިތުންނަށް ދެއްކި ބިރާ ޖެއްސިޙާލުގެ ބަދަލު ލިބުމަށެވެ. އަދި ހިތްދަތި އަނިޔާވެރި މަރަކުން ތިބާމިދުނިޔެއިން ނެރެ ﷲގެ ޢަޒާބަށް ވާޞިލުވުން އެދިއެވެ.އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ގޮވާލަނީ ޝައިތާނީވަސްވާސްތަކަށް ނުހެއްލި ރަމަޟާންމަހުގެ ޘަވާބާ ދަރުމައަށް އެދިގެން، ރޭގަނޑު އަޅުކަމުގައި މަޝްޣޫލުވެތިބުމަށެވެ. ﷲ ޖައްސަވާ މުޞީބާތްތަކާ ދެކޮޅު ނުހެދުމަށެވެ. ތަކެތީގެއަގުބޮޑުކުރަނީ ވިޔަފާރިވެރިންނެވެ. އަންނި އެއްނޫނެވެ …