އެމްޑީޕީގެ ރައީސް ޑރ.ޑީޑީ ކޮޅުނބަށް ފުރާވަޑައިގެންފި

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަދި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) ލަންކާގެ ވެރިރަށް ކޮޅުނބުގައި އޭޝިޔާ ސަރަހައްދުގެ ދަނޑުވެރިކަމާބެހޭ ވަޒީރުންނަށް ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް މިއަދު ފުރާވަޑައިގެންފިއެވެ.
މި ބައްދަލުވުމަކީ ކާބޯތަކެތީގެ ރައްކާތެރިކަމާއި، ނިއުޓްރިޝަން އާއި، އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް މި މަހުގެ 28 ން 29 އަށް ބާއްވާ ބައްދަލުވުމެކެވެ.