މާލޭގެ ޕަބްލިކްޓްރާންސްޕޯޓްކާމިޔާބުކަމާއެކު ކުރިއަށް….

ފަހަލަ ސައީދު

basdhathuru-raees

ތޮއްޖެހިފައިވާ މާލޭގައި އުޅޭ މީހުންގެ ޖީބުތަކަށް ބާރުކުޑަކުރުމާ ދުއްވާތަކެތި މަދުކުރުމާ، ތޮއްޖެހުން ކުޑަކުރުމަށް، ސަރުކާރުން ހިންގަވާ ޕްރޮގްރާމްގެ ދަށުން މާލޭގައި އަލަށް ފެއްޓެވި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ލިބިގަންނަމީހުންގެޢަދަދު މަތިވެ، ބަސްތައް ފުރި، މާލޭގައި ދިރިއުޅޭ މީހުންގެ ނިސްބަތަށް ބަލާއިރު، މިޚިދުމަތް އިތުރަށް ފުޅާ ކުރަންޖެހިފައިވެއެވެ. ތަޖުރިބާކުރުމުގެ ގޮތުން ދޭންފެށި މިޚިދްމަތް ބޭނުންކުރާ މީހުންޢަދަދު ނިސްބަތުން ގިނަވަމުންދިއުމަކީ،ރައްޔިތުންގެ ވިސްނުން ޒަމާނާ އެއްގޮތަށް ތަރައްގީވަމުން އަނަކަމުގެ ހެއްކެކެވެ. ރާއްޖެ ކާބަން ނިއުޓަރަލް ގައުމަކަށް ހެދުމަށްޓަކާ ސަރުކާރުން ފަށްޓަވަމުންގެންދަވާޕްރޮގްރާމްތަކަށް ވެސް މިނިޒާމްގެ މަންފާ ލިބިގެންދާނެކަމަށް ބެލެވެއެވެ. މުސްތަގްބަލުގައި، މިޚިދްމަތް ދެވޭނީ ސޯލާ ބެޓްރިސިސްޓަމްބޭނުންކުރާ، ބަސްތަކުންކަމަށް ސަރުކާރުންބުނެފައިވެއެވެ. މާލޭގައިދުއްވާ ތަފާތުބާވަތްތަކުގެ ވެހިކަލްމަދުކުރެވިގެން މެނުވީ ފުޅާދާއިރާއެއްގައި ޕަބްލިކްޓްރާންސްޕޯޓްގެ ޚިދުމަތް މާލޭގައި ދިނުމަށް ދަތިވާނެއެވެ. ދުނިޔޭގެ އެހެނިހެން ތަންތާގައި، ވެހިކަލް ބޭނުންކުރެވެނީ ބިމުގެނިސްބަތުންނެވެ.ނަމަވެސް ކުޑަކުޑަ މާލޭގެ ބިން މިވަނީ އެއްވެސް އުޞޫލެއް،ޕްލޭނެއްނެތި، ދޫކޮށްލާފައެވެ.

basdhathuru

މިހާރު ވެސް މާލޭގެ ގިނަމަގުތަކުގައި ދުއްވާ އުޅަނދުތައް ގިނަކަމުން ވެހިކަލްތަކުގައި ދަތުރުކުރާ މީހުންނަށް ވުރެ، ހިނގާފައި އުޅޭ މީހުން މާއަވަހަށް ދަތުރު އެބަކުރެއެވެ، މާލޭގައި ހިނގާމީހުންނަށް 3އިންސައްތަ އޮތްއިރު ދުއްވާ އެއްޗެއްސަށް 97އިންސައްތަ ދިނުމަކީ ފައިމަގުގައި އުޅޭ ފަރާތްތަކުގެ ޙައްގު ގެއްލިގެންދާކަމަކަށްނުވާނެބާއެވެ. ކޮންމެއަކަސް މިވާހަކަތައް ދޫތަކުން ބޭރުކުރުމުގެ ފުރުޞަތު ރައްޔިތު މީހާއަށް ލިބުނުއިރު މިކަންމިއޮތީ އަތް ނުފޯރާހިސާބަށް ސޮއްސިގެންގޮސްފައެވެ.އަތްލާ ކޮންމެތަނެއް ދޮސްގެންފައިވާ މިރާއްޖެ ހަމަމަގަށް އެޅުވުމަށް އަހަރުތަކެއް ނަގާނެއެވެ.ހީކުރާވަރަށްވުރެ ގައުމު ޚަރާބުވެފައިވާ މިންވަރު ބޮޑެވެ. މާލޭގެ މަގުތައް އަމާންކުރެވިގެން މެނުވީ ޕަބްލިކް ޓްރާންސްޕޯޓްގެ ފުރިހަމަ އުފާ ރައްޔިތުންނަށް ލިބޭކަށް ނެތެވެ. މިޚިދުމަތް ދިނުމަށް މަސައްކަތްކުރާވާހަކަ، ކުރީގެސަރުކާރުން ވެސް ވަނީ އެތަކެއްފަހަރު ބުނެފައެވެ.ނަމަވެސް އިބިލީހުގެ ކައިވެންޏެކޭ އެވާހަކައެކޭ މާބޮޑު ތަފާތެއްނެތެވެ. މިއަދު ބަސްހުއްޓި އެއްގައި މަޑުކޮއްގެން ހުރި ޖިންސުއްލަތީފަކާ އަޅުގަނޑު ވާހަކަދެއްކީމެވެ. އެކަމަނާ ވިދާޅުވީ މިހާރު ކޮންމެދުވަހަކުވެސް ބަހުގެ ޚިދުމަތްހޯއްދަވާ ކަމަށާ، މިވަގުތު އެންމެ ދަތިވަނީ ވަގުތުގެއްލޭ މައްސަލަ ކަމުގައެވެ. މިސާލަކަށް ސޯސަންގޭ ކައިރި ބަސްހުއްޓި އަށް ބަސްހުއްޓަން ވަކިގަޑިއެއް ނިމިފައިއޮތުމަކީ އެތަނުން ބަހަށް އަރާ މީހާއަށް ވަރަށް ބޭނުންވާނެ ކަމެކެވެ.މުޅި ރާއްޖެ އަށް ބެލިކަމުގައި ވިއަސް މިނިޒާމަށް އެންމެންގެ ތަރުޙީބު ލިބިގެންދާނެއެވެ.ރާއްޖޭގެ ބޮޑެތި ރަށްތަކުގައި ހިނގަމުން އަންނަ ނުރައްކާތެރި އެކްސިޑެންޓްތަކަށްވެސް މިނިޒާމުގެ ސަބަބުން ހައްލުފެނިގެންދާނެއެވެ.މިނިޒާމް ފުޅާވުމުން ސައިކަލާ ޓެކްސީތައް ވަރަށް ބޮޑުތަން މަދުވެގެންދާނެއެވެ.މަސައްކަތްކުރާ މީހުން އެއްތަނުން އަނެއްތަނަށް ގަޑިއަށް ކުޑަޚަރަދަކުން ދެވޭނަމަ، ސައިކަލާ ޓެކްސީތަކުގެ ޑިމާންޑް ގެއްލި މަގުތައް އަމާންވެ ތޮއްޖެހުން ހައްލުވެގެންދާނެއެވެ.ޕާކްކުރާނެތަނެއް ނުލިބިގެން ބައެއް ކާރުވެރިން “މާފަންނުގައި ކާރުޕާކުކޮއްފައި ހެންވޭރަށް” ހިނގާފައިދާންޖެހޭ ފަހަރު އަންނަކަން ފާހަގަކުރަމެވެ.ނަމަވެސް “ދެ ފޫޓް” ހަމަނުވާ މާލޭގައި އެތައްހާސް ވެހިކަލް ދުއްވުމަކީ ވަރައްބޮޑު ރިސްކީ ކަމަކަށް ވިޔަސް ސަރުކާރުން އެކަމާ މެދަކު ނުވިސްނައެވެ.މިއީ ހިތާމަހުރިކަމެކެވެ. މިއަދު އަޅުގަނޑުމެންގެ އަނގަފެޅޭ ހިސާބަށް ގޮސްގެން މިވާހަކަ ދެއްކިނަމަވެސް އަވަސް މުސްތަގްބަލެއްގައި މިކަންކަން މިއަދުގެސަރުކާރަށް ހައްލުކުރެވިދާނެހެއްޔެވެ. ކޮންމެޔަކަސް ކުރަން އުޅެ ކޮންމެ ސަރުކާރަކުންވެސް ކުރާން ނުކެރިފައި ހުރި ހުރިހާކަމެއް މިސަރުކާރުން އެވަނީ ކުރަން ފައްޓަވާފައެވެ. ވާގޮތެއް އެނގިދާނެތާއެވެ. އަނެއްކޮޅުންމަސައްކަތްކުރަނީ އެއިން އެއްވެސްކަމެއް ވިޔަނުދިނުމަށެވެ.މިއީވެސް ގައުމުދެކެ، ރައްޔިތުންދެކެ، ލޯބިވާ ކަމަށް ބުނާ ބައެއްގެ ޢަމަލުހުރިގޮތެވެ. ވިސްނާންތިބީ ދެވަނަބައެއްނޫނެވެ، ހަމަތިޔަލޮބުވެތިރައްޔިތުންނެވެ………