ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ރައީސަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

hep

ޗައިނާގެ ޒޭޖެންގ ޕްރޮވިންސްގައި ދެރޭލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި، އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާތީ، އެކަމުގެ ހިތާމައިގައި ޗައިނާގެ ރައީސް ހޫ ޖިންގޓާއޯއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ރައީސް ހޫ ޖިންގޓާއޯއަށާއި، ޗައިނާ ސަރުކާރަށާއި، ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި މިޙާދިޘާގައި މަރުވި އެންމެންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.