މާފުށީ ޖަލުގައި ހިނގާދިޔަ ބަޑިޖެހުމުގެ ހާދިސާ އިތުރަށް ދިރާސާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި

cabinet-2

2003 ސެޕްޓެމްބަރ 20 ވަނަ ދުވަހު މާފުށީ ޖަލުގައި ހިނގާދިޔަ ބަޑިޖެހުމުގެ ހާދިސާގައި، ބަޑި ޖެހުމުގެ އަމުރު އެއްވެސް ފަރާތަކުން ނެރެފައިވޭތޯ ބައްލަވައި، މިމައްސަލަ އިތުރަށް ދިރާސާ ކުރުމާމެދު ވަޒީރުންގެ މަޖިލީހުގައި އިއްޔެ މަޝްވަރާ ކުރައްވައިފިއެވެ.

2003 ސެޕްޓެމްބަރ 20 ވަނަ ދުވަހު މާފުށީ ޖަލުގައި ހިނގާދިޔަ ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން ޝަރީޢަތަށް ކުށް ސާބިތުވެފައިވާ މީހުންގެ އިތުރުން، މިހާދިސާގައި ބަޑި ޖެހުމުގެ އަމުރު، އެއްވެސް ފަރާތަކުން ނެރެފައިވޭތޯ ބައްލަވައި، މި މައްސަލަ އިތުރަށް ދިރާސާ ކުރެއްވުމާމެދު ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ. އަދި މިކަން ހިނގާދިޔަގޮތް ބައްލަވައި، މިމައްސަލަ އިތުރަށް ދިރާސާ ކުރެއްވުމަށް ވަޒީރުންގެ ކޮމިޓީއެއްވެސް މިއަދު ނެންގެވިއެވެ.