MDP/2011-029
އެމްޑީޕީގެ ގޮފިތައް ސައްޙަކުރުމާއި ބެހޭ
މި ޕާޓީގެ 2 ވަނަ ކޮންގްރެސްގައި އިސްލާޙްކުރެވިފައިވާ އަސާސީ ގަވައިދުގައިވާ ގޮތުން މި ޕާޓީގެ ގޮތްޕެއް އުފެއްދޭނެ އެންމެ މަދު އަދަދަކީ 50 މެންބަރުންނެވެ. އަދި ގޮފީގެ ހިންގާ ކޮމިޓީގައި އެކުލެވޭނީ ގޮފީގެ ރައީސް އާއި ނައިބު ރައީސްއެވެ.
ވީމާ މިހާރު އަމަލުކުރަމުންދާ ޕާޓީގެ އަސާސީ ގަވައިދާއި އެއްގޮތްވާ ގޮތުގެ މަތިން، މި ޕާޓީގެ ގޮފިތައް ސައްޙަކުރުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާތީ، މި ފެށޭ އޮގަސްޓް މަހުގެ ނިޔަލަށް އެމްޑީޕީގެ ހުރިހާ ގޮފިތަކެއް އަލުން ސައްޙަކޮށް، އެ ގޮފިތަކުގެ އިންތިޚާބު އަލުން ބާއްވަންޖެހޭ ވާހަކަ އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
ވީމާ މަތީގައި ދަންނަވާފައިވާ ފަދައިން މި ޕާޓީގެ ގޮފިތައް ސައްޙަކޮށް، އެ ގޮފިތަކުގެ އިންތިޚާބު އަލުން ބާއްވައި، އެރަށެއްގައި ގާއިމްކުރެވިފައިވާ އެމްޑީޕީގެ އިދާރީ އޮފީސް މެދުވެރިކޮށް، 31 އޮގަސްޓް 2011 ވާ ބުދަ ދުވަހުގެ މެންދުރުފަހު 3.30 ގެ ކުރިން، މި އޮފީހަށް އެކަން އެންގެވުން އެދެމެވެ.
އެމްޑީޕީގެ ގޮފި އުފައްދާ ފޯމާއި، އަސާސީ ގަވައިދުގައި ބަޔާންކުރާ ގޮފިއުފެއްދުމާއި، ގޮފި ހިންގުމާއިބެހޭ މާއްދާތަކުގެ ކޮޕީ، މި އޮފީހުންނާއި، އެމްޑީޕީގެ ހުރިހާ އިދާރީ އޮފީހަކުން ލިބެން ހުންނާނެއެވެ. އަދި މި އޮފީހުގެ ރަސްމީ ވެބްސައިޓް www.mdp.org.mv އިން މި ފޯމް ޑައުންލޯޑް ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.
ފޯން: 3340044
ފެކްސް: 3322960
15 ޖުލައި 2011.
– އެމްޑީޕީ ސެކްރެޓޭރިއަޓް –