އެމްޑީޕީގެ ރައީސްގެ ސްޕެޝަލް އެންވޯއީ ކަމުން އަސްލަމް ޝާކިރު އިސްތިޢުފާދެއްވައިފި

އިބްރާހީމް ރާމިޒް

aslam-shakirއެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އަސްލަމް ޝާކިރު (ވ) އާ ސަލާންކުރައްވަނީ

އެމްޑީޕީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑީޑީ) ގެ ސްޕެޝަލް އެންވޯއީ ކަމުން އަސްލަމް މުޙައްމަދު ޝާކިރު އިސްތިޢުފާދެއްވައިފިއެވެ.
އަސްލަމް މި މަޤާމުން އިސްތިއުފާ ހުށަހަޅުއްވައި ޑރ.ޑީޑީއަށް ފޮނުއްވި އީމެއިލްގައި ވަނީ، ސްޕެޝަލް އެންވޯއީގެ މަގާމަށް އޭނާ އައްޔަންކުރެއްވި ކަމަށްޓަކައި ޑރ.ޑީޑީއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާ ކަމަށާއި، އެހެން ނަމަވެސް އޭނާ ސަރުކާރުގައި އަދާކުރައްވާ މަޤާމު ކަމަށްވާ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިންގ އެފެއަރޒްގެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމަށް އިތުރު ވަގުތު ބޭނުންވާތީ އެމްޑީޕީގެ ރައީސްގެ ސްޕެޝަލް އެންވޯއީ ކަމުން އިސްތިއުފާދެއްވުމަށް ނިންމެވީ ކަމަށެވެ.
އަސްލަމް ޝާކިރު އެމްޑީޕީގެ ރައީސްގެ ސްޕެޝަލް އެންވޯއީ އަކަށް ހަމަޖެއްސެވީ މިދިޔަ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ.