19 މެއި 2010
![32538_10150195246620652_772045651_12346031_1633769_n ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަންނަވަނީ](http://mdp.org.mv/wp-content/uploads/2010/05/32538_10150195246620652_772045651_12346031_1633769_n-640x425.jpg)
މެލޭޝިޔާގައި އޮންނަ “6 ވަނަ ވޯލްޑް އިސްލާމިކް އިކޮނޮމިކް ފޯރަމް” ގައި ބައިވެރިވެވަޑައިގަތުމަށް އެގައުމަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ރޭ ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މި ފޯރަމްގައި ތަޤްރީރު ކުރައްވާނެއެވެ. އަދި މި ފޯރަމްގެ ތެރޭގައި ބާއްވާ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ޚާއްޞަ ސެޝަންގައި ވެސް އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެއެވެ. މީގެ އިތުރުން އެމަނިކުފާނުގެ މިދަތުރުފުޅުގައި މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤް އާއި، މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ބައެއް އެހެން އިސްލާމީ ޤައުމުތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވާނެއެވެ.
ދުނިޔޭގެ އެކި ގައުމުތަކުން ދެހާހެއްހާ ބައިވެރިން ދާނެ ކަމަށް ބެލެވޭ މި ފޯރަމް އޮންނާނީ މިމަހުގެ 18 ން 20 އަށް މެލޭޝިއާގެ ވެރިރަށް ކުއަލާލަމްޕޫރުގެ ކޮންވެންޝަން ސެންޓަރުގައެވެ. މިދިޔަ އަހަރު ޖަކާޓާގައި ބޭއްވި 5 ވަނަ ވޯލްޑް އިސްލާމިކް ފޯރަމް ގައި 1728 ފަރާތަކުން ބައިވެރިވެފައިވެއެވެ.