ދިއްދޫ އެމްޑީޕީ ވޯކްޝޮޕް: ޗެއަރޕާސަންގެ ހުށަހެޅުންތަކަށް ބައިވެރިން ވަރަށް ބޮޑަށް ތާއީދުކޮށްފި

ހއ. ދިއްދޫން އިބްރާހީމް ރާމިޒް

އެމްޑީޕީން ހއ.ދިއްދޫގައި މިހާރު ބާއްވަމުންދާ މަސައްކަތު ބައްދަލުވުމުގައި އެ ޕާޓީގެ ޗެއަރޕާސަން ހުށަހެޅުއްވިހުށަހެޅުންތަކަށް މި ބައްދަލުވުމުގރެ ބައިވެރިން ވަރަށް ބޮޑަށް ތާޢީދުކޮށްފިއެވެ.
މި މަސައްކަތު ބައްދަލުވުމުގެ މިއަދު ހެނދުނުގެ ދަންފަޅީގައި ބަހުސްކުރެވުނު ކަރުދާހުގައި ހިމެނޭ 2 ކަމަކަށް މި މަސައްކަތު ބައްދަލުވުމުގެ ބައިވެރިން ފުޅާ ދާއިރާއެއްގައި ބަހުސްކޮށް ނިންމާފައިވަނީ ޕާޓީގެ ފުރިހަމަ މެންބަރޝިޕް އަލުން ދެނެގަނެ ގޮފިތައް އެކުލަވާލާފައިވާ ގޮތާއި، ގޮފިތަކުގެ އިންތިޚާބު ބާއްވަންޖެހޭ ގޮފިތަކުގައި އަސާސީ ގަވާއިދާއި އެއްގޮތަށް އިންތިޚާބު ބޭއްވުން އަވަސްކުރަންޖެހޭ ކަމަށެވެ.
މި ބައްދަލުވުމަށް އެމްޑީޕީން ހުށަހެޅި ކަރުދާހުގެ 2 ވަނަ އައިޓަމްގައި ބައިވެރިން އެއްބަސްވީ ޕާޓީގެ އިދާރާތަކުގެ ގޮތުގައި ކޮންމެ ރަށެއްގައިވެސް އެމްޑީޕީގެ އެއް އޮފީސް ހުޅުވާ ގޮތަށެވެ. އަދި އެ އޮފީސްތައް ޕްރޮވިންސް އޮފީސްތައް މެދުވެރިކޮށް، މާލޭގައި ހުންނަ ސީދާ މައި އިދާރާއާ ގުޅިގެންމަސައްކަތްކުރާ ގޮތަށެވެ.
ބައްދަލުވުމުގެ ބައިވެރިންގެ ވާހަކައިގައި ގޮފިތަކުގައި އިސްކޮށް ތިބޭ ބައެއް ފަރާތްތަކުން ރަށުގައި ނުތިބޭ ވާހަކައާއި، ދާއިރާތަކުގެ ރައީސުންގެ އެއްބާރުލުން ވެސް ޕާޓީގެ ގޮފިތައް ހިންގުމަށް އެންމެ އެދެވޭ ގޮތުގައި ނުލިބޭކަން ވެސް ފާހަގަކުރިއެވެ.

މި ބަހުސް ގައި ޗެއަރޕާސަން ވިދާޅުވީ މި ފަދަ ބައްދަލުވުމެއް އިންތިޒާމްކުރުމުގެ ބޭނުމަކީ ވެސް ޕާޓީ އިތުރަށް ވަރުގަދަ ކުރުން ކަމަށާއި، އެހެން ކަމުން މި ބައްދަލުވުމަށްފަހު މކުރިޔަށް އޮތްތަނުގައި ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ވެގެން ދާނޭ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.