ކޮންޒަރވޭޓިވް ޕާޓީގެ ކެމްޕެއިންގައި އެހީތެރިވުމަށް އެމްޑީޕީގެ ވަފްދެއް މިއަދު އިނގިރޭސިވިލާތަށް ފުރައިފި

28 އެޕްރީލް 2010

img_1557-600-x-450

އިނގިރޭސި ވިލާތުގެ އާންމު އިންތިޚާބާއި، ލޯކަލް ގަވަރމެންޓް އިންތިޚާބުގައި ވާދަކުރައްވާ ކޮންޒަވެޓިވް ޕާޓީގެ ކެންޑިޑޭޓުންގެ ކެމްޕެއިންގައި އެހީތެރިވެ އެބޭފުޅުން ކެމްޕެއިންކުރައްވާ ގޮތާ ބެހޭ މައުލޫމާތު ހޯދުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވަފްދެއް މިއަދު އިނގިރޭސިވިލާތަށް ފުރައިފިއެވެ.
އެމްޑީޕީގެ ވަފްދު އިނގިރޭސި ވިލާތަށް މިކުރާ ދަތުރުގައި ކޮންޒަރވޭޓިވް ޕާޓީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ކުރާގޮތް މިވަފްދުން މުޠާލިއާ ކުރާނެއެވެ. އަދި ކުރިޔަށް އޮތް ލޯކަލް ގަވަރމެންޓް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކޮންޒަވޭޓިވް ޕާޓީގެ ކެންޑިޑޭޓުންނާއެކު ދޮރުން ދޮރަށް ކުރާ ކެމްޕެއިންތަކުގައި ބައިވެރިވެ ކެމްޕެއިންކުރާ ގޮތާބެހޭ މައުލޫމާތު ހޯދާނެއެވެ.
ޖުމްލަ 6 މެންބަރުންގެ މައްޗަށް އެކުލެވޭ މިވަފްދު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ މެއި 7 ގައެވެ. މިވަފްދުގެ އިސްވެރިއަކަށް ވަޑައިގެންނެވީ އެމްޑީޕީގެ ޗީފްސްޕޯކްސްޕާސަން އަލީ ވަހީދުއެވެ.