ތަހުނިޔާ ދެންނެވުން: އޮނަރަބަލް މޫސާމަނިކަށް މަރުޙަބާ ދެންނެވުން

ނަލަގޮފި
ދިވެހި ރާއްޖެ.
މުލަކަތޮޅު/ ނާލާފުށި.

18 ޖޫން 2011 ދުވަހު ބޭއްވުނު މިޕާޓީގެ ގައުމީ މަޖުލީހުގެ ބޮޑުއަޣުލަބިއްޔަތަކުން މިފާޓީގެ ޗެއަރޕާސަންގެ މަގާމަށް މިޕާޓީގެ ކުރީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރ ހަމަޖެއްސެވުމާއި ގުޅިގެން ޗެއަރޕާސަން އޮންރަބަލް މޫސާމަނިކުއަށް މުލަކަތޮޅު ނާލާފުށީގެ އެމްޑީޕީ ހުރިހާ މެންބަރުންގެ ނަމުގައި ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަމެވެ. އޮނަރަބަލް މޫސާ މަނިކުއަކީ މިވަގުތަށް މިމަގާމަށް އެންމެ އެކަށީގެންވާ ފަރާތުގެ ގޮތުގައި ބައްލަވައި ގައުމީ މަޖުލީހުގެ ފަރާތުން މިނިންމެވި ނިންމެވުމަކީ މިވަގުތަށް ނިންމެވި އެންމެ މުހިންމު ނިންމެވުމެއް ކަމުގައި އަޅުގަނޑުމެން ދެކެމުން އެމަޖުލީހުގެ އެންމެހާ މެންބަރުންނަށްވެސް މަރުހަބާ ދަންނަވަމެވެ.
އަންނަ އަހަރުގެ ޖުލައިމަހުގެ ކުރީން ޗެއަރޕާސަންއަކު އިސްކުރުމާއި ހަމަޔަށް އޮނަރަބަލް މޫސާމަނިކުއާއި މިހަވާލުކުރެވުނު މައްސޫލިއްޔަތު އަދާ ކުރެއްވުމުގައި ސާބިތުކަމާއިއެކު އެމަނިކުފާނުން މަސައްކަތް ކޮށްދެއްވާނެކަމުގައު ޔަގީން ކުރަމުން ، އެމަނިކުފާނުންގެ ދައުރުގައި މިޕާޓީއަށް އިތުރު ކުރިއެރުންތައް ހޯއްދަވައި ދެއްވާނެ ކަމުގައި އަޅުގަނޑުމެން ޔަގީން ކުރަމެވެ.
ކީރިތިﷲ އަޅުގަނޑުމެންގެ ޗެއަރޕާސަން އަށާއި މިޕާޓީގެ އެންމެހާ މެންބަރުންނަށް އެންމެފުރިހަމަ ކާމިޔާބު މިންވަރު ކުރަށްވާށިއެވެ. އާމީން.
17 ޖޫން 2011މ
ސޮއި.
އާދަމް މުޙައްމަދު މަނިކު.
ގޮފީގެ ރައީސް.