އެމްޑީޕީ ކޮންގްރެސް ކޮމިޓީގެ ބައްދަލުވުމެއް މިރޭ އޮންނާނެ

21 އެޕްރީލް 2010 (ބުދަ)

މިއަންނަ ޖޫން މަހު ބާއްވަން ހަމަޖައްސާފައިވާ އެމްޑީޕީގެ ކޮންގްރެސްގެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި އެކުލަވާލާފައިވާ ކޮންގްރެސް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިރޭ 9.00 ޖަހާއިރު، އެމްޑީޕީ ސެކްރެޓޭރިއަޓްގައި އޮންނާނެއެވެ.
ޖުމްލަ 32 މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޓީގެ ބައްދަލުވުން އޮންނާނީ އެމްޑީޕީ އޮފީހުގެ ކޮންފަރެންސް ހޯލުގައެވެ.