އެމްޑީޕީގެ ވައުދުތައް މެކުހަށް މި ނަމުގައި ބާއްވާ ދެ ވަނަ ޖަލްސާ މާދަމާރޭ އޮންނާނެ

އިބްރާހީމް ރާމިޒް

ވައުދުތައް މެކުހަށް ސިލްސިލާގެ ފުރަތަމަ ޖަލްސާގައި މީހަކު ބޮޑުބެރު ލަވައަކަށް ނަށަނީ - ފޮޓޯ: މައުރޫފް ޚަލީލް
ވައުދުތައް މެކުހަށް ސިލްސިލާގެ ފުރަތަމަ ޖަލްސާގައި މީހަކު ބޮޑުބެރު ލަވައަކަށް ނަށަނީ - ފޮޓޯ: މައުރޫފް ޚަލީލް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ “ވައުދުތައް މެކުހަށް” މި ސިލްސިލާގެ ދެވަނަ ޖަލްސާ މާދަމާރޭ މާފަންނު ހުޅަނގު ކޮޅުގައި އޮންނަ ބަށިކޯޓުގައި އޮންނާނެއެވެ.
އެސްޓީއޯ ހެޑް އޮފީހާއި މާފަންނު މަދަރުސާ އާއި ދޭތެރޭ އޮންނަ ހުސް ބިމުގައި ބާއްވާ މިޖަލްސާ އަކީ ވެސް ވަރަަށް ފޯރިގަދަ ޖަލްސާ އަކަށް ވާނޭ ކަމަށާއި، މި ޖަލްސާ ގައި ވެސް އެމްޑީޕީގެ ވައުދުތައް މެކުހަށް ޖެހުމުގައި އެޕާޓީ އަށް މިހާރު ލިބެމުންދާ ކާމިޔާބީ ފާހަގަކުރުން އޮންނާނޭ ކަމަށް އެމްޑީޕީން ބުނެއެވެ.
މި ޚާއްސަ ޖަލްސާ އަށް އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި، ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ ފަރާތްތަކާއި ތާޢީދުކުރައްވާ ހުރިހާ ފަރާތަކުން ހާޒިރުވެދެއްވުމަށް އެޕާޓީން އެދެއެވެ.
“ވައުދުތައް މެކުހަށް” މި ނަމުގައި އެމްޑީޕީން ބޭއްވި ފުރަތަމަ ޖަލްސާ އޮތީ މިދިޔަ ހުކުރު ދުވަހުގެރޭ އާޓިފިޝަލް ބީޗް ގައެވެ. އެ ޖަލްސާ އަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މީހުން ހާޒިރުވި ޖަލްސާ އެވެ. އަދި މިހާތަނަށް އެމްޑީޕީން ބޭއްވި އެންމެ ފޯރިގަދަ އެއް ޖަލްސާ ވެސް މެއެވެ.