މިނިވަން ދެ މެންބަރުން އެމްޑީޕީއަށް ސޮއިކުރުމުން ކެންދޫ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެ

އިބްރާހީމް ރާމިޒް

ބ.އަތޮޅު ކެންދޫ ރަށު ކައުންސިލަށް އިންތިޚާބުވެފައިވާ އަމިއްލަ 2 މެންބަރަކު އެމްޑީޕީ އަށް ރޭ ސޮއިކުރުމާއި ގުޅިގެން އެކައުންސިލްގެ އަޤްލަބިއްޔަތު އެމްޑީޕީއަށް ލިބިއްޖެއެވެ.
ރޭ ކެންދޫ އެމްޑީޕީ ހަރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޑީޕީ އަށް ސޮއިކުރައްވާފައި ވަނީ އެކައުންސިލަށް އަމިއްލަ ގޮތުން ކުރިމަތިލައްވައި ގޮނޑި ކާމިޔާބު ކުރައްވާފައިވާ އެރަށު ޖަންބުމާގޭ އަބްދުލް މުޙްސިން
އަބޫބަކުރާއި، އެރަށު ނިވައިދޮށުގޭ ޙަސަން މުރާދުއެވެ.
މި ބޭފުޅުން އެމްޑީޕީ އަށް ސޮއިކުރެއްވުމުގެ ގޮތުން ރޭ ކެންދޫ އެމްޑީޕީ ހަރުގޭގައި ބޭއްވި ޙަފްލާގައި، އެމްޑީޕީ ކެންދޫ ދާއިރާގެ ހިންގާ ކޮމިޓީގެ މެންބަރުންނާއި، ކެންދޫ އެމްޑީޕީ ގޮފިތަކުގެ ރައީސުން ބައިވެރިވެލެއްވިއެވެ.
މި ދެބޭފުޅުން އެމްޑީޕީއަށް ސޮއިކުރެއްވުމުން ކެންދޫ ކައުންސިލްގެ 5 ގޮނޑީގެ ތެރެއިން 4 ގޮނޑި މިހާރު ކޮންޓްރޯލް ކުރަނީ އެމްޑީޕީން ނެވެ. އިދިކޮޅު ޑީއާރުޕީ އަށް ލިބިފައިވަނީ 1 ގޮނޑިއެވެ.