ވައުދުތައް މެކުހަށް، މިނަމުގައި އެމްޑީޕީން މާދަމާރޭ ޚާއްސަ ޖަލްސާ އެއް ބާއްވަނީ

– މި ޚާއްސަ ޖަލްސާ ވީޓީވީން ލައިވް ކުރާނެ

އިބްރާހީމް ރާމިޒް

އެމްޑީޕީން އެންމެ ފަހުން ބޭއްވި ޚާއްސަ ޖަލްސާ ގައި، އިބްރާ އެމްޑީޕީ އަށް ސޮއިކުރައްވަނީ .. ފޮޓޯ: މައުރޫފް ޚަލީލް
އެމްޑީޕީން އެންމެ ފަހުން ބޭއްވި ޚާއްސަ ޖަލްސާ ގައި، އިބްރާ އެމްޑީޕީ އަށް ސޮއިކުރައްވަނީ .. ފޮޓޯ: މައުރޫފް ޚަލީލް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އެމްޑީޕީގެ “ވައުދުތައް މެކުހަށް” މި ނަމުގައި މާދަމާރޭ އާޓިފިޝަލް ބީޗްގައި ޚާއްސަ ޖަލްސާ އެއް ބާއްވާނެއެވެ.
މާދަމާ (ހުކުރު ދުވަހުގެ) ރޭ 8.45 ގައި އާޓިފިޝަލް ބީޗް ގައި ފަށާ މި ޚާއްސަ ޖަލްސާ އަށް، އެމްޑީޕީގެ މެންބަރުންނާއި، އެޕާޓީއަށް ހެޔޮ އެދޭ އަދި ތާއީދު ކުރައްވާ އެންމެހާ ފަރާތްތަކުން ހާޒިރުވެވަޑައިގެން ދެއްވުމަށް އެމްޑީޕީން އެދެއެވެ.
އެމްޑީޕީގެ މެންބަރުންގެ އިތުރުން ދިވެހި ގިނަ ރައްޔިތުން އެ ޖަލްސާ އަކަށް ޓަކައި ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ދާ މި ޖަލްސާ ވީޓީން ލައިވް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.