އިޢުލާން: ބ.ކަމަދޫ ކައުންސިލަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން

MDP/2011-016

ބ.ކަމަދޫ ކައުންސިލަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން

ބ.ކަމަދޫ ކައުންސިލުން ހުސްވެފައިވާ ކައުންސިލް މެންބަރު ކަމުގެ މަގާމަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބ.އަތޮޅު ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަން، 4 ޖޫން 2011 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހަމަޖައްސަވާފައެވެ.
ވީމާ އެމްޑީޕީގެ ޓިކެޓްގައި ބ.ކަމަދޫ ކައުންސިލް މެންބަރަކަށް ވާދަކުރެއްވުމަށް ބޭނުންފުޅުވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 26 އެޕްރީލް 2011 ވާ އަންގާރަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން އެޕްލިކޭޝަން ފޯމާއި ވަނަވަރު، އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ) އަށް އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުން އެދެމެވެ. ފެކްސްކުރައްވާނަމަ މި ޕާޓީގެ މައި ސެކްރެޓޭރިއަޓްގެ ފެކްސް ނަންބަރު 3322960 އަށް ފެކްސް ކުރެއްވުން އެދެމެވެ. މެއިލް ކުރައްވާނީelections@mdp.org.mv އަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށް މިޕާޓީގެ ޓިކެޓްގައި ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފުރަންޖެހޭ އެފްލިކޭޝަންފޯމް ރަސްމީ ގަޑީގައި މިއޮފީހުން ދޫކުރާނެއެވެ. އަދި މިފޯމު މިއޮފީހުގެ ވެބްސައިޓްއިން ޑައުންލޯޑް ކުރެވޭނެއެވެ. މިއޮފީހުގެ ވެބްސައިޓް އެޑްރެހަކީ mdp.org.mv އެވެ. މީގެ އިތުރުން www.votemdp.com އިން ވެސް މިފޯމު ޑައުންލޯޑް ކުރެވޭނެ ވާހަކަދަންނަވަމެވެ.
ބ.ކަމަދޫ ކައުންސިލް މެންބަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް، ޝަރުތުހަމަވާ އެއް ބޭފުޅުންނަށް ވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވައިފިނަމަ، އެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނޭ ކެންޑިޑޭޓް ކަނޑައަޅާނީ މި ޕާޓީގެ އިންތިޚާބާއި ބެހޭ ކޮމިޓީގެ ބެލުމުގެ ދަށުން 01 މެއި 2011 ވާ އާދީއްތަ ދުވަހު ބާއްވާ ޕްރައިމަރީއަކުން ކަމުގައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3340044 ފޯނާއި ގުޅުއްވުން އެދެމެވެ.
21 އެޕްރީލް 2011

ޚާދިމްކުމް

ޙަސަން ޝާހް
ސެކްރެޓަރީ ޖެނެރަލް