އެމްޑީޕީ މާމިގިލީ ދާއިރާގެ އާ އޮފީސް ހުޅުވައފި

އިބްރާހީމް ރާމިޒް

maamigili-450-x-338

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މާމިގިލީ ދާއިރާގެ އާ އޮފީސް މާމިގިލީގައި ހުޅުވައިފިއެވެ.
މާމިގިލީ ރަންގިރިޓީގޭ ގައި މި އޮފީސް ހުޅުއްވައިދެއްވީ އެމްޑީޕީ މާމިގިލީ ދާއިރާގެ ރައީސް އިބްރާހީމް ރަޝީދު ( މާމިގިލީ އިބޫ) އެވެ.
މި އޮފީސް ހުޅުއްވައި ދެއްވަމުން އެދާއިރާގެ އެމްޑީޕީ ރައީސް ވިދާޅުވީ، މި އާ އޮފީހުގެ ސަބަބުން އިދާރީ ކަންތައްތައް އިތުރަށް ހަރުދަނާ ވެގެންދާނޭ ކަމަށް އުއްމީދުކުރައްވާ ކަމަށާއި، މި އޮފީހަކީ މާމިގިލީގައި އެމްޑީޕީގެ މެންބަރުން އިތުރުކޮށް ޕާޓީގެ ހަރަކާތްތައް ވަރުގަދަކުރުމަށް ލިބުނު އިތުރު ވަސީލަތެއް ކަމަށެވެ.