ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އީވާ ހުށަހެޅުއްވި އަނިޔާ މަނާކުރުމުގެ ބިލު މަޖިލީހުން ބަލައިގެންފި

އިބްރާހީމް ރާމިޒް

eva

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އެއް ވިޕް އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ މަޖިލީހަށް ހުށަހެޅުއްވި އަނިޔާ މަނާކުރުމުގެ ބިލު މަޖިލީހުން ބަލައިގެންފިއެވެ.
މި ބިލު ބަލައިގެންފައިވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެން ތިއްބެވި 72 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލަކީ “އަޅުގަޑުމެންގެ މާޒީގެ އަނިޔާވެރިކަމާއި ކުރިމަތިލާ، އެހެންނަމަވެސް އެ އިނިޔާވެރިކަމަކީ އަޅުގަޑުމެންނަށް ވާރުތަވި ސަގާފަތަށް، ވިޔަ ނުދީ، މި އަނިޔާވެރިކަން ތާރީހްގެ ފަތްފުއް ތަކަށް ދޫކޮށް، މުޅިން އާ ގައުމިއަޔާއެއް ބިނާކޮށް، އެހެން ގައުމިއްޔަތެއް، އިންސާނާގެ ގަދަރާއި ކަރާމަތް ހިފަހައްޓާ ގައުމިއްޔަތެއް ބިނާކުރެވިދާނޭ ކަން ގަބޫލްކޮށް
އަނިޔާވެރިކަމަކީ މިހެއްގެ ގައިގައި ހުންނަ ސިފަ އަކަށް ވުރެން ވަކި ވަޑައިމަކުން، ވަކި ނިޒާމަކުން ޖާގަ ދޭތީވެ އުފައްދާ ކަމަކަށް ގަބޫލު ކުރާން އަޅުގަޑު ބޭނުންވާތީވެ، އަދި އެނޫން ނިޒާމެއް އުފެއްދުމަކީ އަޅުގަޑުމެންނަށް ވެދާނޭ ކަމަކަށް ގަބޫލް ކުރެވޭތީ ހުށައަޅާ ބިލެއް” ކަމަށް މި ބިލު ހުށަހަޅުއްވަމުން އީވާ ވިދާޅުވިއެވެ.
މި ބިލުގެ ބަހުސް ގައި ގިނަ މެންބަރުންވަނީ މި ބިލަށް ތާއީދުކޮށް ވާހަކަ ދައްކަވާފައެވެ.