އެމްޑީޕީގެ ޚާއްސަ ދެންނެވުން

MDP/2011-DN-007

ކެންޑިޑޭޓުންގެ ސަމާލުކަމަށް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި، ރާއްޖެ ޓީވީ ގުޅިގެން އެމްޑީޕީގެ އިންތިޚާބު 2011 ގެ އެމްޑީޕީގެ ރައީސް ކަމާއި އެމްޑީޕީގެ ނައިބު ރައީސް ކަމަށް ކުރިމަތިލައްވާ ފަރާތްތަކުގެ މެދުގައި ބަހުސެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ބަހުސް އޮންނާނީ މި އެޕްރީލް މަހުގެ 25 އަދި 26 މި ދެދުވަހުގެރޭ ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައެވެ. އެގޮތުން 25 ވަނަ ދުވަހުގެރޭ އޮންނާނީ ނައިބު ރައީސް ކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ މެދުގައި ބާއްވާ ބަހުސް އެވެ.26 ވަނަ ދުވަހުގެރޭ އޮންނާނީ ރައީސް ކަމަށް ވާދަ ކުރައްވާ 2 ބޭފުޅުންގެ މެދުގައި އޮންނަ ބަހުސެވެ. މި ބަހުސް އާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އެމްޑީޕީގެ މީޑިއާ އޮފިސަރ އިބްރާހީމް ރާމިޒްގެ މޮބައިލް ނަންބަރު 7412140 އާ ގުޅުއްވުން އެދެމެވެ.
ވީމާ އެމްޑީޕީ އިންތިޚާބު 2011 ގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންގެ ސަމާލުކަމަށްޓަކައި މި ވާހަކަ ދެންނެވީމެވެ.

5 އެޕްރީލް 2011

ޚާދިމްކުމް

ޙަސަން ޝާހް
ސެކްރެޓަރީ ޖެނެރަލް