ރަށު ކައުންސިލަރު އާދަމް މުހައްމަދާއި ކައުންސިލަރު މުހައްމަދު ޝިމްނާޒް އެމްޑީޕީއަށް ސޮއި ކުރައްވައިފި.

05 ފެބްރުއަރީ 2011 ވަނަ ދުވަހު ބޭއްވުނު ލޯކަލްކައުންސިލް އިންތިޚާބުގައި އަމިއްލަގޮތުން ބައިވެރިވެ ކައުންސިލަރުކަމަށް ހޮވުނު 2 ބޭފުޅެއްވަނީ އެމްޑީޕީއަށް ސޮއި ކުރައްވާފައެވެ. މި ދެބޭފުޅުންނަކީ ރަށު ކައުންސިލްގައި ތ އަތޮޅު ބުރުނީއަށް ކުރިމަތި ލެއްވި 2 ބޭފުޅުންކަމަށްވާ މުހައްމަދު ޝިމްނާޒް އާއި އާދަމް މުހައްމަދުއެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން ކުރިމަތި ލައްވާގެން ހޮވި ވަޑައިގެންފައިވާ ބޭފުޅުންގެ ތެރެއިން މިޕާޓީއަށް ގުޅިވަޑައިގަންނަވަމުން ގެންދަވާތީ އެބޭފުޅުންނަށް ޕާޓީގެ ނައިބް ރައީސްއާއި ޗެއަރޕާރސަން ޝުކުރުއަދާކުރައްވައެވެ.