ނޫސް ބަޔާން: އެމްޑީޕީ މަރަދޫ ދާއިރާގެ ނޫސް ބަޔާން

އެމްޑީޕީ. މަރަދޫ ދާއިރާގެ އޮފީސް

ނޫސް ބަޔާން

އައްޑު އަތޮޅު މަރަދޫ ދާއިރާގެ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތުން އައްޑުއަތޮޅު ސިޓީއަކަށް ހެދުމަށް 9 އޮކުޓޯބަރ 2010 ގައި އިލެކުޝަނުންނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން މިދާއިރާގެ ރައްޔަތުން ވަނީ ނިންމާފައެވެ. އަދި ރައްޔިތުން މިނިންމި ނިންމުމާއި ގުޅިގެން އިލެކްޝަނުން 5 ފެބްރުއަރީ 2011 ގައި ސިޓީ ކައުންސިލްގެ އިންތިހާބު ބޭއްވުމަށްވެސް ވަނީ އިއުލާން ކުރައްވާފައެވެ.
ނަމަވެސް 1 ފެބުރުއަރީ 2011 ގައި އިލެކްޝަނުން، 5 ފެބުރުއަރީ 2011 ގައި އައްޑޫ ސިޓީ ކައުންސިލްއިންތިހާބު ނުބާއްވާ ވާހަކަ އިއުލާން ކުރުމުން މިދާއިރާގެ ރައްޔިތުންވަނީ ވަރަށްބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އިލެކުޝަނުން މިނިންމި ނިންމުމަކީ މިދާއިރާގެ ރައްޔިތުން ހަރުކަށި ޢިބާރާތުން ކުއްވެރި ކުރާކަމެކެވެ.
ވެރިކަމުގެ ބާރު ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށްވާއިރު މިދާއިރާގެ ރައްޔަތުން ނިންމި ނިންމުވުން ދަޢުލަތުގެ މުޢައްސަސާތަކުން އިޙްތިރާމް ނުކުރެއްވުމަކީ މިދާއިރާގެ ރައްޔަތުން ވަރަށް ކަންބޮޑުވެ ނުރުހުން ފާޅުކުރުމާއެކު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިވެސް ކުރާކަމެކެވެ.
އައްޑޫ ސިޓީ އުފެއްދުމުން ގުޅިފައިވަނީ އައްޑޫސިޓީއާއި އެސިޓީގެ ރައްޔަތުންގެ ކުރިއެރުމާއި ތަރައްޤީއަށް ކަން މިސިޓީގެ ގިނަ ރައްޔަތުން ވަނީ ޤަބޫލުކޮށް އެކަމަށް ތާއީދުކޮށްފައެވެ.
އެހެން ކަމުން އައްޑޫ ސިޓީ ހެދުމާއި ދެކޮޅަށް އެއްވެސް ފަރާތަކުން މަސައްކަތް ނުކުރެއްވުމަށް މިދާއިރާއިން ގޮވާލަމެވެ.އަދި މިކަމާ ދެކޮޅަށް ނިކުންނަ ކޮންމެ ބަޔަކާއި ދެކޮޅަށް ނިކުތުމަށް މިދާއިރާގެ ރައްޔިތުން ކޮންމެފަދަ ޤުރުބާނީއެއް ވުމަށްވެސް ތަޔާރަށް ތިބިކަން ހަނދާންކޮށްދެމެވެ.