އަނެއް ދިވެހިރާއްޖެ ރަށަށް ކެމްޕެއިންގެ ފަހު ޖަލްސާ މިރޭ އާޓިފިޝަލް ބީޗުގައި އޮންނާނެ

އިބްރާހީމް ރާމިޒް

mdp-logo

އެމްޑީޕީގެ އަނެއް ދިވެހި ރާއްޖެ ރަށަށް ކެމްޕެއިންގެ އެންމެ ފަހު ޖަލްސާ މިރޭ އާޓިފިޝަލް ބީޗްގައި އޮންނާނޭ ކަމަށް އެޕާޓީން ބުނެފިއެވެ.
މިރޭ 8:45 ގައި ފެށޭ މި ޖަލްސާއަށް އެމްޑީޕީގެ މެންބަރުންނާއި، އެޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ ފަރާތްތަކާއި ޕާޓީގެ ސަޕޯޓަރުންނާއި ވީހާވެސް ގިނަ ދިވެހިރައްޔިތުން އާޓީފިޝަލް ބީޗަށް ދިއުމަށް އެޕާޓީން ވަނީ އެދިފައެވެ.
އެމްޑީޕީގެ އަނެއް ދިވެހިރާއްޖެ ރަށަށް ކެމްޕެއިން އަކީ ވަރަށް ބޮޑަށް ރޭވިގެން ވަރަށް ފުރިހަމަ އިންތިޒާމެއްގެ ދަށުން އެއްބައިވަންތަކަމާއެކު ކުރިޔަށް ދިޔަ ކެމްޕެއިނެއް ކަމަށް ގިނަބަޔަކު ފާހަގަ ކުރެއެވެ.