ނޫސް ބަޔާން: ލޯކަލް ކައުންސިލް އިންތިޚާބަށް އެމް.ޑީ.ޕީ ޓިކެޓް ދީފައިވާ ދާއިރާތަކަށް އަމިއްލަ ގޮތުން ނިކުތް އެމްޑީޕީ މެމްބަރުންނާއި ބެހޭ

ވަގުތުން ނެރުމަށް
MDP -2011-PR-005ނަންބަރު:
ތާރީޚް: 29 ޖަނަވަރީ 2011 (ހޮނިހިރު)

ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީ ޓިކެޓް ދީފައިވާ ދާއިރާތަކަށް އަމިއްލަ ގޮތުން ނިކުތް އެމް،ޑީ.ޕީ މެމްބަރުންނާއި ބެހޭ

މި ޕާޓީގެ ފަރާތުން ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ކައުންސިލް ތަކަށް މި ޕާޓީގެ ޓިކެޓްގައި ކެންޑިޑޭޓުން ނެރެފައެވެ. މިދެންނެވި ގޮތަށް ކެންޑިޑޭޓުން ފުރިހަމައަށް ނެރެފައި ވާ ދާއިރާ ތަކަށް މިޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބެ ޕާޓީގެ ޓިކެޓް ލިބިވަޑައިގެންފައިވާ ފަރާތާއި އިދިކޮޅަށް ނިކުތް ކެންޑިޑޭޓުންނާއި ދޭތެރޭ މި ޕާޓީގެ އަސާސީ ޤަވާޢިދުގެ 114 ވަނަ މާއްދާގެ ށ ގެ ދަށުން ތިރީގައި މިވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީއިން ނިންމަވައިފިއެވެ. މިގޮތުން ތިރީގައި މިދަންނަވާ ފަރާތްތައް މި އަދުން ފެށިގެން 3 އަހަރު ދުވަހުގެ މުއްދަތަށް މި ޕާޓީގެ މެމްބަރު ކަމުން ސަސްޕެންޑް ކޮށްފީމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް

އެމްޑީޕީގެ މެންބަރުކަމުން ސަސްޕެންޑްކޮށްފައިވާ ފަރާތްތަކުގެ ލިސްޓް ވިދާޅުވުމަށް މިލިންކަށް ފިއްތަވާލައްވާ