ބ.އަތޮޅުން އެމްޑީޕީ ކޮންގްރެސް އަށް ތައްޔާރުވުމުގެ މަސައްކަތް ފަށައިފި

8 އޭޕްރިލް 2010

މިއަންނަ ޖޫން މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ކޮންގްރެސް އަށް ތައްޔާރުވުމުގެ މަސައްކަތް ބ. އަތޮޅުގެ ރަށްރަށުގައި ފެށިގެން ކުރިޔަށްދާ ކަމަށް އެއަތޮޅުގައި ހުންނަވާ އެމްޑީޕީގެ ކޯޑިނޭޓަރ ޢަބްދުއްރަހްމާން ޢަބްދުﷲ (އަބޭ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީ މީޑިއާ ޔުނިޓަށް މަޢްލޫމާތު ދެއްވަމުން ބ.އަތޮޅު ކޯޑިނޭޓަރ ވިދާޅުވީ މިހާތަނަށް އެމްޑީޕީގެ ގޮފިތައް ނުހެދި ހުރި ރަށްރަށުގައި ގޮފިތައް ހެދުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިޔަށްދާ ކަމުގައެވެ. އެގޮތުން ކެންދޫ ދާއިރާގެ ގޮފި ކެންދޫގައި ގާއިމްކޮށް، ކަމަދޫގައި ގޮފި އިފްތިތާޙްކޮށްފައިވާ އިރު، ކުޑަރިކިލު އެމްޑީޕީ ގޮފި އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި އަތޮޅު ކޯޑިނޭޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ބ.އަތޮޅުގެ ރަށްރަށުގައި އެމްޑީޕީގެ މެންބަރުން އިތުރު ކުރުމުގެ މަސައްކަތާއި، މެންބަރުންގެ ޝަކުވާތަކަށް ހައްލެއް ގެނައުމަށް އެފަރާތްތަކާ ގުޅައިގެން ވާހަކަ ދައްކަވަމުންދާ ކަމަށް އަބޭ ވިދާޅުވިއެވެ.