މިއަދު ހަވީރު މައިޒާން އަލިބެގެ ކެމްޕެއިން އޮފީސް އަދި މިރޭ ޖަންބު ޙަސަން އަފީފްގެ ރާނީ ޖަގަހަ ރައީސް ހުޅުއްވައިދެއްވާނެ

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބުގެ މާލެ ސިޓީ ކައުންސިލްގެ ހުޅުމާލޭ ގޮނޑިއަށް ކުރިމަތިލައްވާފައިވާ (މައިޒާން) އަލިމަނިކުގެ ހުޅުމާލެ ކެމްޕެއިން އޮފީސް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހުޅުއްވައިދެއްވާނެއެވެ.
މިއަދު ހަވީރު ހުޅުމާލޭގައި އޮންނަ މި ރަސްމިއްޔާތަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް ހުޅުމާލޭ ފެރީ ޓާމިނަލްގައި މިއަދު ހަވީރު 4 ޖަހާއިރު ނޫސްވެރިންނާ ބައްދަލުކުރައްވާނެއެވެ.
މީގެ އިތުރުން މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ (ޖަންބު) ޙަސަން އަފީފްގެ ރާނީ ޖަގަހަ (މއ.ކުރިނބީ ގޭގައި) ރައީސް ނަޝީދު މިރޭ 9 ޖަހާއިރު ހުޅުއްވައިދެއްވާނޭ ކަމަށް އެމްޑީޕީން މަޢުލޫމާތު ދެއެވެ.