ސަރުކާރުން ހުށަހެޅި ލާމަރުކަޒީ ބިލުގައި ރާއްޖެ ހަތް ސަރަހައްދަކަށް ބަހާލައި ހަތް ސިޓީ ތަރައްގީކުރުމަށް ބާރުއަޅާފައިވާނޭ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކު ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

ސަރުކާރުން ހުށަހެޅި ލާމަރުކަޒީ ބިލުގައި ރާއްޖެ ހަތް ސަރަހައްދަކަށް ބަހާލައި ހަތް ސިޓީ ތަރައްގީކުރުމަށް ބާރުއަޅާފައިވާނޭ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ނ.މާޅެންދޫގައި ހުންނަވައިގެން ފޯނުން އެމްޑީޕީ ވެބްސައިޓަށް މައުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ މިހާރަކަށް އައިސް އިދިކޮޅު ފަރާތްތަކުން އައްޑޫ ސިޓީ ނުހެދުނީ އެމްޑީޕީގެ ސަބަބުން ކަމަށް ދައްކަން މަސައްކަތްކުރަމުންދާ ކަމަށާއި، ނަމަވެސް އެމްޑީޕީން 10.000 މީހުން ހިމެނޭ ކޮންމެ އާބާދީއަކަށް ސިޓީއެއްގެ ދަރަޖަ ދޭން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހުށަހެޅުން ވެސް ބޭކާރުކޮށްލީ ޑިއާރުޕީއާއި އެޕާޓީއަށް ވާގިވެރިވާ ޕާޓީތަކުން ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ ގައުމީ ޕާޓީން ހެދުނު ގޯސް ފޮރުވަން ވެގެން އެމްޑީޕީގެ ބޮލުގައި އެކަން އަޅުވަން އުޅުނަސް، އައްޑޫ ސިޓީ ހެދުމަށް މި ސަރުކާރާއި އެމްޑީޕީން ކުރާ މަސައްކަތް އައްޑޫ ރައްޔިތުން ބަލައިގަންނަ ކަމަށެވެ.