މެންބަރުންގެ ޚިޔާލު: ޤާނޫނީ ބެލެނިވެރިކަމުގެ ދަށުން ސިޓީތަކާއި ކައުންސިލްތައް އުފެއްދުމުގެ ބޭނުމަކީ ބޯދާވެރިކަމުގެ ބަދުމާޝީ އުސޫލުތައް މިގައުމުން ނައްތާލުމެވެ

ޙަސަން މާހިރު/ހުޅުދޫ

ވިސްނާލުން ހުއްޓެވެ! އައްޑު އަތޮޅުގައި ސިޓީ އުފެއްދުމުގެ ޤާނޫނީކަންކަން، ރައީސުލް ޖުމުހޫރިއްޔާ ކުރައްވާފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި ޚިލާފަށް ކަމަށް ސިވިލްކޯޓުން ނިޔާކަޑައެޅުއްވީ އެޤާނޫނުގެ ޖަދުވަލު 2-3 ގައި ބަޔާންކޮށްފައިވާ ޝަރުޠު ފުރިހަމަ ނުވާތީއެވެ. އޭގެ މާނައަކީ، ޤާނޫނީގޮތުން އައްޑޫގައި ލޯކަލް ގަވަރމަންޓް ސިޓީ އުފެއްދުމުގެ ޤާނޫނީ ފުރުޞަތު ޤާނޫނީގޮތުން ރައީސުލް ޖުމުހޫރިއްޔާއަށް ލިބިވަޑައިގެން ނެތްވާހަކައެއް ނޫނެވެ.
ޔަގީނުންވެސް ސަރުކާރުގެ އިސްވެރިންނާއި، ސަރުކާރު ހިންގާ ޕާޓީގެ އިސް ޙަރަކާތްތެރިން ވަނީ ކޯޓްގެ އަމުރަށް އިހްތިރާމް ކުރައްވާފައެވެ. ރާއްޖެއަށް ގެނެވުނު އިސްލާޙީ ބަދަލުތައް ދަމަހައްޓާ ނަގަހައްޓަން މަސައްކަތް ކުރައްވާ ލޮބުވެތި ރައްޔިތުން މަގުމައްޗަށް ނިކުތީ، މިބަދަލުތައް ކަސިޔާރުކޮށް، ނައްތާލަން މަސައްކަތް ކުރާ، ޚާއިނުންނަށް އެފުރުޞަތު ނުދިނުމުގެ ވަރުގަދަ ރޫޙުގައެވެ. އެކަމަކު ސުލްޙަވެރިކަމާއެކު، ތަސައްރަފް ފުދޭ ޤާނޫނީ އޮނިގަނޑުގެ ތެރޭގައެވެ.
ޝަރުއީ ކޯޓުތަކުން އިއްވާ ނިޔާއާއި މެދު ހިތްހަމަ ނުޖެހޭކަމުގައި ވާނަމަ، އެ ނިންމުން އިސްތިއުނާފު ކުރުމުގެ ޤާނޫނީ ބާރަކީ މިޒަމާނުގެ ހަރުދަނާ އުސޫލެކެވެ. ނަމަވެސް، އެފަދަ ޙައްޤުތައް ހޯދުމަށް ކެތްމަދުވެފައިވާ ރައްޔިތުންނަށް ވުރެ، މިފިކުރުގެ މައްޗަށް އިސްނަންގަވާ އެކަމުގެ މައްޗަށް އިޙުތިރާމް ކުރަންޖެހޭ، ފަރާތަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޤާނޫނީ ފަރާތްތަކެވެ. ނަމަވަސް އިސްތިއުނާފު ކުރުމުގެ ވާހަކައާއި، ޤާނޫނު އިސްލާހު ކުރުމުގެ ފުރުސަތު އޮތް ހިނދު، އެފުރުޞަތު ދޫކޮށް، ޤައުމީޕާޓީން އިސްވެގަތީ، އައްޑޫގައި ސިޓީ އުފެއްދުމުގެ ފުރުސަތު ކަޕާސް ކޮށްލުމަށެވެ. މޫސާގެފާނުގެ ގައުމުގެ ފިރުޢައުނު ކަނޑުވީ ދުވަހު ޝަޙާދަށް ކިޔޭތޯ އެކަލޭގެ އުޅުނުބީދައިން، މިއަދު ތިޔަ ނަސޭހަތް ދިނުމަކުން މިއަދު ޤައުމީޕާޓިއަށް އޮތް ފައިދާއެއްނެތެވެ. ތެދެކެވެ! ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަކީ ސަރުކާރުން ޑްރާފްޓްކޮށް، ރައީސުލް ޖުމުހޫރުއްޔާ ތަސްދީގު ކުރައްވާފައިވާ ޤާނޫނެކެވެ. ނަމަވެސް އެޤާނޫނުގައި ދަންތުރަ އުސޫލުތަކާއި، ވިސްނުންތައް އޮތް ހިނދު، އެޤާނޫނަށް އިސްލާހު ހުށަހަޅުއްވައިގެން އެޤާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ޤާނޫނީ ޢުއްމުލް ޤުރާއިން، ނުވަތަ ތިޔަ ޕާޓީގެ ޑިޕިއުޓީ ލީޑަރ ވިލުފުށީ ދާއިރާގެ މެންބަރ ރިޔާޒް ރަޝީދު މެދުވެރިކޮށް ނުކުރެއްވީ ކީއްވެހެއްޔެވެ؟ އެންމެ ތަޢުލީމީ ޤާބިލްމީހުން ތިއްބެވީ ތިޔަ ޗެމްބަރުގައި ވިއްޔާއެވެ!
ޤާނޫނީގޮތުން ރައްޔިތުންގެ މައްޗަށް މަގުދެއްކުމަކީ، ޤާނޫނީފަރާތް ތަކުގެ މައްޗަށް އޮތް މުޙިއްމު ފުރުސަތަކަށް ވީހިނދު، ޤާނޫނު ނިވާ ފަތްގަނޑަކަށް ހައްދަވާ، ސަރުކާރުގެ ސިޔާސަތު ތަންފީޒް ކުރުމުގެ މައްޗަށް ބަލާޖައްސާ މުޖުތަމަޢުގެ ތެރޭގައި ހަމަނުޖެހުމާއި، ބަގުވާސް ހިންގަން އުޅޭ ބަދުމާޝީން އަޅުގަނޑުމެން ދެނެހުރީމެވެ. އަދި ސަރުކާރުގެ ހަރުދަނާ ސިޔާސަތުތައް އިންދިރާސްކޮށް، ނައްތާލަން މަސައްކަތް ކުރައްވާ މިގައުމުގެ މުޑުދާރުންނަށް އެފުރުސަތު ނެތި ހިނގައްޖެއެވެ. މިރާއްޖެ ތަރައްގީކޮށް، ލާމަރުކަޒީ އުސޫލުތަކުގެ މައްޗަށް މިޤައުމު ހިންގުމަށް ސަރުކާރުން ތައްޔާރުވަމުން ދާއިރު، ހިތުގެ ހަސަދަވެރިކަމުގައި އަދުގެ ޒަޢާމަތަށް ނުދިން ފުރުސަތެއް އަންނަން އޮތް ޒަޢާމަތައް ލިބޭނީ ކިހިނެއް ހެއްޔެވެ؟ ޤާނޫނީ ބެލެނިވެރިކަމުގެ ދަށުން ސިޓީތަކާއި ކައުންސިލްތައް އުފެއްދުމުގެ ބޭނުމަކީ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަރައްގީއާއި، ކުރިއެރުން ހޯދާދިނުމެވެ. 4500 އަހަރުވީ ބޯދާވެރިކަމުގެ ބަދުމާޝީ އުސޫލުތައް މިގައުމުން ނައްތާލުމެވެ