އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ ޕްރައިމްރީ 22 ނޮވެމްބަރ 2010 ގައި ބާއްވަނީ

އައްޑޫ ސިޓީގެ ދާއިރާތަކުގެ ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީ ޓިކެޓުގައި މިއިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ހޮވުމަށްޓަކައި ފޭދޫ ދާއިރާއިން ބާއްވާ ޕްރައިމަރީ 22 ނޮވެމްބަރ 2010 ވާ ހޯމަ ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިއިންތިޚާބުގެ ވޯޓުލުން އޮންނާނީ 22 ނޮވެމްބަރ 2010 ވާ ހޯމަ ދުވަހުގެ ހަވީރު 4.00 އިން ރޭގަނޑު 10.00 އަށެވެ. މިއިންތިޚާބުގެ ފޭދޫގައި ވޯޓްލުން ކުރިޔަށްދާނީ ފޭދޫ ޒުވާނުންގެ ބިމުގައެވެ. އަދި މާލޭގައި ވޯޓުލުން އޮންނާނީ ޣިޔާސުއްދީން ސްކޫލްގައެވެ. މިޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަޢުލޫމާތުތައް ތިރީގައި މިދަންނަވަނީއެވެ.
1. މުހައްމަދު މިންހާޖް (މިންހާޖް)/ ހިރިލަންދޫގެ
2. ނޫރުއްﷲ ސައީދު (ނޫރު)/ ޗަބޭލީގެ
3. އަހުމަދު މިރުޒާދު (މިރާ)/ މަގުމަތީގެ

ހިންގާ ކޮމެޓީ، ފޭދޫ ދާއިރާ