އިޢުލާން: ލޯކަލްކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޓިކެޓަށް ވާދަކުރުމަށް މާލޭ ސިޓީގައި ބާއްވާ ގަލޮޅު އުތުރު ދާއިރާގެ ޕްރައިމަރީއާއި ބެހޭ

މާލޭ ސިޓީގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީ ޓިކެޓުގައި މިއިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީސް 22 ނޮވެމްބަރ 2010 ވާ ހޯމަ ދުވަހު މާލޭ ސިޓީގެ އެމްޑީޕީ ހަރުގޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއިންތިޚާބުގައި ވޯޓްލެވޭނީ 22 ނޮވެމްބަރ 2010ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ގަލޮޅު އުތުރު ދާއިރާގެ ދަފްތަރުގައި ހިމެނޭ މެމްބަރުންނަށެވެ. ވޯޓުލުން އޮންނާނީ 22 ނޮވެމްބަރ 2010 ވާ ހޯމަ ދުވަހުގެ ހަވީރު 4.00 އިން ރޭގަނޑު އަށެވެ.
ވީމާ، މިއިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމުގެ ފުރުޞަތު މިއަދު، 15 ނޮވެމްބަރ 2010 ން ފެށިގެން 21 ނޮވެމްބަރ 2010 ވާ އާދީއްތަ ދުވަހުގެ ހަވީރު 6.00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ހުރިހާ ކެންޑިޑޭޓުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މިޕްރައިމަރީޒްގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަޢުލޫމާތުތައް ކެންޑިޑޭޓް ނަންބަރު ތަރުތީބުން ތިރީގައި މިދަންނަވަނީއެވެ.

1. އަލްފާޟިލް މުހައްމަދު އަފްރާޙް ޚަލީލް ގ.ވަޑިނޮޅުގެ
2. އަލްފާޟިލް އަބްދުﷲ ސަލީމް ގ.ދުވެލި

3. އަލްފާޟިލް ޙުސައިން އާދަމް (އާދަމްބެ) ގ.ކަކާގެ

9 ޛުލްޙައްޖާ 1423
15 ނޮވެމްބަރ 2010

– ގަލޮޅުއުތުރު ދާއިރާ –