އިޢުލާން: ލޯކަލްކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޓިކެޓަށް ވާދަކުރުމަށް ށ. ކަނޑިތީމުގައި ބާއްވާ ޕްރައިމަރީއާއި ބެހޭ

MDP/2010-033

މަތި އުތުރު ޕްރޮވިންސްގެ ށ.ކޮމަންޑޫ ރަށު ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީ ޓިކެޓުގައި މިއިންތިޚާބުގައި ވާދަކުރައްވާ 5 ކެންޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީސް 12 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހު މާލެ އާއި ށ.ކަނޑިތީމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއިންތިޚާބުގައި ވޯޓްލެވޭނީ 12 ނޮވެމްބަރ 2010ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި އެމް. ޑީ. ޕީ. ގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ށ.ކަނޑިތީމުގެ މެމްބަރުންނަށެވެ. މި އިންތިޚާބުގައި ވޯޓުލުން އޮންނާނީ މާލެއާއި ށ.ކަނޑިތީމުގައެވެ. މި އިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ 12 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2.00 އިން އިރުއޮއްސި 7:00 އަށެވެ.
ވީމާ، މިއިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމުގެ ފުރުޞަތު މިއަދު 7 ނޮވެމްބަރ 2010 ން ފެށިގެން 11 ނޮވެމްބަރ 2010 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 6.00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ހުރިހާ ކެންޑިޑޭޓުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މިޕްރައިމަރީޒްގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަޢުލޫމާތުތައް ކެންޑިޑޭޓް ނަންބަރު ތަރުތީބުން ތިރީގައި މިދަންނަވަނީއެވެ.

1. އަލްފާޟިލް އާދަމް އަލީ ހީނާގެ ށ.ކަނޑިތީމް
2. އަލްފާޟިލް ޢަލީ ފިޒާން ގުލްފާމުގެ ށ.ކަނޑިތީމް
3. އަލްފާޟިލާ އިނާޔާ އަލީ ޝާކިރު ނަފާ ށ.ކަނޑިތީމް
4. އަލްފާޟިލް ޢަބްދުﷲ ޒުހައިރު އަމާޒް ށ.ކަނޑިތީމް
5. އަލްފާޟިލް އަލީ ރިފާޒް އަލިވާގެ ށ.ކަނޑިތީމް
6. އަލްފާޟިލް ޢަބްދުﷲ ހާމިދު ހީނާމާގެ ށ.ކަނޑިތީމް

28 ޛުލްޤައިދާ 1423
07 ނޮވެމްބަރ 2010

– އިންތިޚާބާއި ބެހޭ ކޮމިޓީ –