ޤައުމީ މަޖިލިސް

އެމްޑީޕީގެ ޤައުމީ މަޖިލީހަކީ އެމްޑީޕީގެ އަސާސީ ޤަވާއިދުގެ 5ވަނަ ބާބުގައި ބަޔާންކުރެވިފައިވާ، ޕާޓީގެ 13 ގުނަނުގެތެރެއިން 2ވަނަ ގުނަނެވެ.

14 މާޗް 2011 ގައި ބޭއްވުނު ޤައުމީ މަޖިލީހުގެ 30 ވަނަ ބައްދަލުވުމުން ފާސްކުރެވުނު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ހިންގާ ޤަވާއިދު

އެމްޑީޕީ ޤައުމީ މަޖިލިސް މެމްބަރުންގެ ލިސްޓު – 2011

______________________________________________

ޤައުމީ މަޖިލީހުގެ 94ވަނަ ބައްދަލުވުން – 13 އޮކްޓޯބަރ 2011

އަސާސީ ޤަވާއިދު އިސްލާޙުކުރާ ކޮމިޓީގެ ރިޕޯޓް

ދާއިމީ ކޮމިޓީތައް ކަނޑައަޅާ 11 މެމްބަރުންގެ ކޮމިޓީ ރިޕޯޓް

ޤައުމީ މަޖިލީހުގެ 88ވަނަ ބައްދަލުވުން – 17 އޭޕްރިލް 2011

އެޖެންޑާ

ގަރާރު: ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ސުވާލުކުރުމާއި ބެހޭ ޤަރާރު

ގަރާރު: އެމްޑީޕީ އިންތިޚާބު 2011 އަށް މައްސަލަ ބަލާ ކޮމެޓީއެއް ނެގުން

ގަރާރު: އިންތިޚާއި ބެހޭ ކޮމެޓީއަށް ދެ ބޭފުޅަކު އައްޔަންކުރުން

ގަރާރު: ކޮޅުމަޑުލު ގާދިއްފުށީ ސްކޫލުގައި ގްރޭޑް 8 އުފެއްދުމަށް އެދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށާއި، ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ކުރުން.

______________________________________________

ޤައުމީ މަޖިލިސް އެކުލެވިގެންވާ ގޮތް

ޤައުމީ މަޖިލީހުގައި އެކުލެވެނީ:
(ހ) ޤައުމީ ޗެއަރޕަރސަން
(ށ) އެމްޑީޕީ ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެ އޮންނައިރު ރައިސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހުރިއްޔާގެ ވަޒިރުންގެ މަޖްލިހުގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން،
(ނ) ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުން
(ރ) ޕްރޮވިންސްތަކުގެ ސެކެޓޭރިއަޓްގެ ރައީސުން
(ބ) ދާއިރާތަކުގެ ރައީސުން.
(ޅ) ޗެއާޕާސަންގެ ނައިބު (އިދާރީ) އާއި ޗެއާޕާސަންގެ ނައިބު (މާލީ)
(ކ) އަންހެނުންގެ ރޫޙްގެ ރައީސާ
(ކ) ޒުވާނުންގެ ހިތްވަރުގެ ރައީސް
(އ) އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް

ޤައުމީ މަޖިލިސްގެ ޒިންމާތައް

ޤައުމީ މަޖުލިސްގެ ޒިންމާތަކަކީ:
(ހ) ޕާޓީގެ ސެކެރެޓޭރިއެޓާއި، އެހެނިހެން ކޮމިޓީތައް އައްޔަންކުރުން.
(ށ) ޗެއާޕާސަންގެ ނައިބުން ފިޔަވައި، ޕާޓީގެ މާލިއްޔަތާއި ޗަންދާ ކޮމިޓީގެ މެންބަރުންނާއި މެމްބަރޝިޕާއި ކެމްޕޭން ކޮމިޓީގެ މެންބަރުން ހޮވުން
(ނ) ދެ ކޮންގްރެސް ބައްދަލުވުމުގެ ދެމެދުގައި ގެންދެވޭ ޕާޓީގެ ޕްރޮގްރާމްތައް ދާނުދާގޮތްބަލާ ޕާޓީގެ ސިޔާސަތަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުން.
(ރ) ޕާޓީގެ އޮޑިޓް ރިޕޯޓްތައް ހުށައަޅާ، މާލީ ބަޔާންތައް ފާސްކުރުން.
(ބ) ކޮންގްރެސްގެ ބާރުތަކަށް ފުށުނާރާގޮތުން، ޕާޓީގެ މަސްލަހަތު ތަކަށް ކުރިއެރުން ލިބޭ ހުރިހާ ކަމެއްކުރުން.
(ޅ) ޕާޓީގެ ރައީސް، ނާއިބު ރައީސް، ޗެއަރޕާރސަން އަދި ޗެއާޕާސަންގެ ނައިބަކާ މެދު ޕާޓީގެ މެމްބަރުން ހިތްހަމަ ނުޖެހިގެން މައްސަލައެއް ހުށަހަޅައިފިނަމަ އެކަމާމެދު ބަހުސް ކޮށް ޕާޓީގެ ލީޑަރޝިޕާމެދު އިތުބާރުއޮތްތޯ ބެލުން.
(ކ) ޕާޓީގެ ރައީސް، ނާއިބު ރައީސް، ޕާޓީގެ ޗެއަރޕާރސަން އަދި ޗެއާޕާސަންގެ ނައިބަކާ މެދު އިތުބާރުނެތްކަމަށް ފާސްވެއްޖެނަމަ، މިއަސާސީ ޤަވާޢިދުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިންތިޚާބު ބާއްވައި އެމަޤާމަކަށް މީހަކު ހޮވާނީއެވެ.
(އ) އިސްތިއުފާ ދިނުމުގެ ސަބަބުން ނުވަތަ މަރުވުމުގެ ސަބަބުން ނުވަތަ އެހެނިހެން ސަބަބަކާހުރެ ކޮންގްރެސްއިން ހޮވި ޕާޓީގެ މަގާމްފުރާއެއް ހުސްވެފައިވާނަމަ، ދެން އަންނަ ކޮންގްރެސްއަކާ ހަމައަށް އެ މަގާމަށް މީހުން ހޮވުން.
(ވ) ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް ކޮންމެ މީލާދީ 02 (ދެ) މަހަކުން 01 (އެއް) ފަހަރު ބާއްވަން ވާނެއެވެ. މި ބައްދަލުވުމަށް ކިޔާނީ ޤައުމީ މަޖިލީހުގެ އާންމު ބައްދަލުވުމެވެ. މި ބައްދަލުވުން ކޮންމެ މަހަކު އޮންނާނެ ތާރީޚެއް ސެކްރެޓޭރިއެޓުން އާންމުކޮން އިޢުލާން ކުރެވިދާނެއެވެ.
(މ) ކުއްލިއަކަށް ދިމާވާ މުހިއްމު ކަމަކާއި ގުޅިގެން ޤައުމީ މަޖިލީހުގެ ޚާއްޞަ ބައްދަލުވުމެއް ބޭއްވިދާނެއެވެ.
(ފ) ޤައުމީ މަޖިލީހުގެ އާންމު ބައްދަލުވުންތަކާއި ޚާއްޞަ ބައްދަލުވުންތަކުން ކުރާނެ ކަންތައްތައް ޤައުމީ މަޖިލީހުގެ ޤަވާޢިދުގައި ބަޔާންކުރަންވާނެއެވެ.

ޤައުމީ މަޖިލީހުގެ ކޯރަމް

ޤައުމީ މަޖްލީހުގެ ބައްދަލުވުމުގެ ޤާނޫނީ ޢަދަދަކީ ޤައުމީ މަޖިލީހަށް ހާޒިރުވުމުގެ ޝަރުޠުފުރިހަމަވާ މެމްބަރުންގެ ¼ (ހަތަރުބައިކުޅަ އެއްބައި) އަށްވުރެ އެއްމެމްބަރު އިތުރުވާ އަދަދެކެވެ.