ގޮފިތައް

އެމްޑީޕީގެ ގޮފިތަކަކީ އެމްޑީޕީގެ އަސާސީ ޤަވާއިދުގެ 5ވަނަ ބާބުގައި ބަޔާންކުރެވިފައިވާ، ޕާޓީގެ 13 ގުނަނުގެތެރެއިން 13ވަނަ ގުނަނެވެ.

(ހ) ދާއިރާތަކުގެ ހިންގާ ކޮމިޓީއިން ކޮންމެ ދާއިރާއެއްގައި ޕާޓީގެ ގޮފިތައް ޤާއިމް ކުރާނެއެވެ.
(ށ) ޕާޓީގެ ގޮތްޕެއް އުފެއްދޭނެ އެންމެމަދު ޢަދަދަކީ 50 މެމްބަރުންނެވެ.
(ނ) އެއްވެސް މެންބަރަކަށް 1 ގޮތްޕަށްވުރެ ގިނަ ގޮފީގެ މެންބަރަކަށް ނުވެވޭނެއެވެ.
(ރ) ކޮންމެ ގޮތްޕެއްގައި އެގޮފީގެ ހިންގާ ކޮމިޓީއެއް އޮންނާނެއެވެ.
ގޮފީގެ ހިންގާ ކޮމިޓީގައި އެކުލެވޭނީ، ގޮފީގެ ރައީސްއާއި، ގޮފީގެ ނައިބު ރައީސްއެވެ.

ގޮފީގެ އެއްވުން
(ހ) ގޮފީގެ ހިންގާ ކޮމިޓީ ހޮވާނީ، ގޮފީގެ ހުރިހާ މެންބަރުންނަށް ގޮވާލެވުމަށްފަހު ބާއްވާ ބައްދަލުވުމެއްގައެވެ.
(ށ) ގޮފީގެ މެންބަރުންގެ ފޯނު ނަންބަރުތަކަށް މެސެޖް ފޮނުވުމުން، މިމާއްދާގެ (ހ) ގައި ބަޔާންކުރާ އެންގުން އެންގުނީކަމަށް ބެލެވޭނެއެވެ.

ގޮފީގެ އެއްވުމުގެ ޤާނޫނީ ޢަދަދު
ގޮފީގެ އެއްވުމުގައި އެކުލެވޭނީ، އެގޮތްޕަކަށް ނިސްބަތްވާ ޕާޓީގެ ހުރިހާ މެންބަރުންނެވެ. ގޮފީގެ އެއްވުމުގެ ޤާނޫނީ އަދަދަކީ، އެގޮފީގެ ހުރިހާ މެންބަރުންގެ 3/1 އެވެ.
ގޮފީގެ ދައުރު
(ހ) ގޮފީގެ ހިންގާ ކޮމިޓީގެ މެންބަރުންގެ ދައުރު ހަމަވުމުން، އެމެންބަރުން އަލުން އަނބުރާ އިންތިޚާބު ކުރުމުގެ ފުރުޞަތު ލިބިގެންވެއެވެ.
(ށ) ގޮފީގެ ހިންގާ ކޮމިޓީގެ މެންބަރަކު މަޤާމުން ވަކިކުރެވޭނީ ގޮފީގައި ހިމެނޭ މެންބަރުންގެ ½ މެންބަރުންގެ ވޯޓަކުންނެވެ.

ގޮފި އުވާލުން
ޕާޓީގެ ގޮތްޕެއް އުވޭނީ:
(ހ) އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ގޮފީގެ މެންބަރުންގެ ޢަދަދު 6 މަސްދުވަސް ވަންދެން، 30 އަށްވުރެ ދަށަށް ދިއުން، މިފަދަ ޙާލަތެއްގައި ދާއިރާގެ ހިންގާ ކޮމެޓީގެ ހުއްދައަކާނުލާ ގޮފި އުވޭނެއެވެ.
(ށ) ގޮފީގެ ހުރިހާ މެންބަރުންގެ މެދުގައި ނެގޭވޯޓެއްގެ އަޣްލަބިއްޔަތުން ގޮފި އުވާލުމަށް ނިންމުމުން، މިފަދަ ވޯޓެއް ނަގާކަން، ވޯޓު ނެގުމުގެ 14 ދުވަސް ކުރިން ހުރިހާ މެންބަރުންނަށް އަންގަންޖެހޭނެއެވެ. ނުވަތަ
(ނ) ގޮފީގެ ހިންގާ ކޮމިޓީއާ މަޝްވަރާކުރުމަށްފަހު، ދާއިރާގެ ހިންގާ ކޮމިޓީގެ ހުއްދައިގެ މަތިން ޕާޓީގެ އެދާއިރާގެ މަޖިލީހުން ގޮފި އުވާލަން ނިންމުމުން.

ގޮފި ގަވައިދުގެ ޑްރާފްޓް

ގޮފި އުފައްދާ އިގުރާރުވާ ފޯމް

އެމްޑީޕީ ގޮފި ލިސްޓު | 27 އޭޕްރިލް 2010